ހޯދުންތަކުން ދައްކާ ގޮތުގައި ޑޯނަޓް ކާ ނަމަ މޫޑް ގޯސްވޭ

މީހުން ކާ އެއްޗެއްސާ، އެމީހުންގެ މޫޑާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކީ އެންމެންވެސް ގަބޫލު ކުރާނެ ކަމެކެވެ. އެގޮތުން ބައެއް ކަހަލަ ފޮނި ކާ އެއްޗެހީގެ ސަބަބުން މީހުންގެ މޫޑް ގޯސްވެއެވެ. އެގޮތުން، ޑޯނަޓަ...

27 Jan 2021 | 06:14

މީހުން ކާ އެއްޗެއްސާ، އެމީހުންގެ މޫޑާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކީ އެންމެންވެސް ގަބޫލު ކުރާނެ ކަމެކެވެ. އެގޮތުން ބައެއް ކަހަލަ ފޮނި ކާ އެއްޗެހީގެ ސަބަބުން މީހުންގެ މޫޑް ގޯސްވެއެވެ.

އެގޮތުން، ޑޯނަޓަކީ އެންމެ މޫޑް ގޯސްވާ އެކަތި ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.2000 މީހުން ބައިވެރިކޮށްގެން ޔޫކޭގައި ކުރިއަށް ގެންދިޔަ މި ދިރާސާގައި، އެމީހުންގެ މޫޑް އެންމެ ރަނގަޅުވަނީ ކޮން ކާނައެއް ކެއުމުން ތޯ އާއި، މޫޑު ގޯސްވަނީ ކޮން ކާނާއެއް ކެއުމުން ތޯ ބަލާފައި ވެއެވެ.

އެގޮތުން ހޯދިފައި ވަނީ، ޑޯނަޓަކީ އެންމެ މޫޑް ގޯސްވާ ކެއުން ކަމުގައެވެ. ބަނޑަށް އެންމެ ގެއްލުން ހުރި އެއްޗހީގެ ލިސްޓުގައި ރަލާއި ލުއި ބުއިންތައް އަންނަނީ ޑޯނަޓްގެ ފަހުގައެވެ. އެނާޖީ ޑްރިންކް އަންނަނީ މި ލިސްޓުގެ ހަތަރު ވަނަ އަށެވެ.

ނޯޓް: ބަނގުރަލަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ އެއްޗެކެވެ.

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ

(އަލް މާއިދާ - 90)

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް