"އިންސާފު ކޮބާ"ގެ ނަމުގައި ހުކުރު ދުވަހު މުުޅި ރާއްޖޭގައި މުޒާހަރާ ކުރަނީ

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާކުރަން ތައްޔާރުވެއްޖެ އެވެ. އެ މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ "އިންސާފު ކޮބާ" ގެ ނަމުގައި އެވެ. ނޫސްވެރިން...

27 Jan 2021 | 06:07

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާކުރަން ތައްޔާރުވެއްޖެ އެވެ.

އެ މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ "އިންސާފު ކޮބާ" ގެ ނަމުގައި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ މުޒަހާހަރާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލުމުގެ އިތުރުން އެތައް ރައްޔިތުންނެއް ހާލުގައި ޖެހިފައިވާތީ އެކަމާއި ދެކޮޅަށް އަޑުއުފުލަން ބާއްވާ މުޒާހަރާއެއް ކަމަށެވެ. ޝިޔާމް ވިދާޅުވީ މިއަދު ރާއްޖޭގައި އިންސާފު ނެތް ކަމަށާއި ރައްޔިތުން ތިބީ މަގުމަތިވެ، މަސްވެރިންވެރިން ހައްގު މިންވަރު ހޯދަން ސަރުކާރު ފަހަތުން ދުވަން ޖެހިފައިވާ ކަމަށެވެ.

ކޯލިޝަނުން ބުނީ ހުކުރު ދުވަހު ބާއްވަން ނިންމާފައިވަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ. އަދި ފުލުހުން މި މުޒާހަރާއަށް އެއްބާރުލުން ދިނުމަށް އެދިފައިވެ އެވެ.

މާލޭގައި މުޒާހަރާ ބޭއްވުމަށް ހަމަޖެހިިފައިވަނީ މަޖީދީ މަގުގައި ސޯޝަލް ސެންޓަރުން ފެށިގެން ހެންވޭރު ޕީޕީއެމް އޮފީހާއި ދެމެދު އެވެ. އަތޮޅުތެރޭގައި މުޒާހަރާ ކުރިޔަށްދާނެ ގޮތް ފަހުން ހާމަ ކުރާނެ ކަމަށް ބުނެ އެވެ.

މިދިޔަ ހޯމަ ދުވަހުވެސް އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރި އެވެ. އެ މުޒާހަރާގެ ތެރެއިން 24 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ޕީއެންސިގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ހިމެނެ އެވެ.

އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަން ފަށާފައި މިވަނީ ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމާއި ގުޅިގެންނެވެ. އެ ހުކުން ބަލައި ނުގަންނަން ނިންމައި ކޯލިޝަނުން ވަނީ ސީދާ ހަރަކާތައް ނުކުންނާނެ ކަން އިއުލާނުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް