ޖަރުމަނުވިލާތުގައި، ކޮވިޑް19ގެ ކަރަންޓީން ގަވާއިދަށް އިންކާރު ކުރާ މީހުންނަށް ޚާއްޞަކޮށްގެން ޖަލެއް ތައްޔާރު ކޮށްފިއެވެ. ނަމަވެސް ސުވާލު އުފެދޭ ކަމަކީ މި 'ޖަލު' ތައް ހަމަ ހަގީގަތުގައި ވެސް ބޭނުން ކުރާނ ބާވައެވެ. ނޫނީ މިއީ މީހުން ކަރަންޓީނާ ޚިލާފ ނުވުމަށް މީހުންނަށް ބާރު އެޅުމުގެ ގޮތުން ކުރި ކަމަކަށް ވެސް ވެދާނެއެވެ.
ކޮވިޑް 19ގެ އުސޫލާ ޚިލާފުވާ މީހުން ބައިތިއްބަން މިހާރު މި ފަދަ ހަ ކޮޓަރި ހަދާފައި ވެއެވެ.
މިއީ ރަސްމީ ޖަލެއް ނޫންކަމުން، މިތާގއި ތިބޭ މީހުންނަށް ޓީވީ، ލެޕްޓޮލް އަދި ފޯނާއި މި ނޫންވެސް ތަކެތި ބޭނުނެ ކުރެވޭނެއެވެ. އަދި ބޭނުން ނަމަ މިތާގައި ތިބޭ މީހުންނަށް ނަފްސާނީ އެހީވެސް ފޯރުކޮށްދޭނެ އެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، މި ފަދަ 'ޖަލު' ކޮޓަރި ތަކުގައި އަރާމުކޮށް ނިދޭނެ އެނދަކާއި، ހިނގާލެވޭނެ ޖާގަކޮޅެއް ވެސް ހުންނަކަމެވެ. މިތަނުގައި ތިމުބާއި ގޭގައި ކަރަންޓީން ވުމާ އެއްވެސް ތަފާތެއް ވެގެން ނުވާނެކަމަށް އެކަމުގައި އުޅޭ ފަރާތްތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް