މުހައްމަދު ހަލީމް މަގާމުގެ މަސްްއޫލިއްޔަތުން އެކަރިކޮށް ސަސްޕެންޑް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް، މުހައްމަދު ހަލީމް މަގާމުގެ މަސްްއޫލިއްޔަތުން އެކަރިކޮށް ސަސްޕެންޑް ކޮށްފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންގެ ޑިރެ...

27 Jan 2021 | 04:28

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް، މުހައްމަދު ހަލީމް މަގާމުގެ މަސްްއޫލިއްޔަތުން އެކަރިކޮށް ސަސްޕެންޑް ކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މުޙައްމަދު ހަލީމް މަޤާމުން ދުރުކޮށްފައިވަނީ މަޖިލީހުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މިވަގުތު މި މައްސަލަ އިތުރަށް ބަލަމުން ދާތީ، އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ޒިޔާއު ވިދާޅުވިއެވެ.

އިއްޔެގެ ވަގުތެއްގައި ހަލީމް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށް ސަސްޕެންޑ ކޮށްފައި ވާއިރު، މި މަޤާމުން ދުރުކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް