ދަރިން ގައިގަ ޖެހުމާއި އެއްޗެހި ކިޔުން، ޗައިނާގައި ގާނޫނީގޮތުން މަނާކުރަނީ!

ދަރިންގައިގައި ޖެހުމާއި ދަރިންނަށް އެއްޗެހި ކިޔުމަކީ، ގާނޫނީ ގޮތުން މަނާ ކަމެއްކަމުގައި ކަނޑައަޅަން ޗައިނާއިން ނިންމައިފިއެވެ. ވަރަށް އަވަހަށް މި ގާނޫނު ފާސްކުރަން ޗައިނާއިން މަސައްކަތް ކުރާއިރު، އެގޮ...

27 Jan 2021 | 04:03

ދަރިންގައިގައި ޖެހުމާއި ދަރިންނަށް އެއްޗެހި ކިޔުމަކީ، ގާނޫނީ ގޮތުން މަނާ ކަމެއްކަމުގައި ކަނޑައަޅަން ޗައިނާއިން ނިންމައިފިއެވެ.

ވަރަށް އަވަހަށް މި ގާނޫނު ފާސްކުރަން ޗައިނާއިން މަސައްކަތް ކުރާއިރު، އެގޮތަށް މީހުންގެ އަމަލުތައް ހުންނާނެ ކަމާ މެދު ސުވާލު އުފެދެއެވެ.

މި އާ ގަވާއިދުގެ ދަށުން، ދަރިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ކުރުމަކީ ކުށެކެވެ. މީގެ މައިގަނޑު މަޤުސަދަކީ، ދަރިންނަށް ރަނގަޅު އަޚްލާގެއްގެ މަތީގައި އުޅެން ދަސްކޮށްދިނުމެވެ. ދުނިޔޭގެ އެހެން ބައެއް ގައުމު ތަކުގައި ވެސް ކުޑަކުދިންނަށް އަނިޔާ ކުރުމަކީ ކުށެކެވެ.

ޗައިނާގެ ބައެއް އާއިލާތަކުން މިކަމާ ދެކޮޅުހަދައި ބުނަމުން ދަނީ، އެމީހުން ކުދިން ގައިގައި ޖަހަނީ އެކުދިންނަށް ރަނގަޅަށް އުޅެން ދަސްކޮށްދިނުމަށް ކަމަށެވެ.

ޗައިނާއިން މި ގާނޫނު ފާސްކުރަން އުޅޭއިރު، މި ހިނގާ ޖެނުއަރީ މަހުގައި ވެސް ވަނީ ކުޑަކުއްޖަކަށް އަނިޔާކުރި ބޮޑު މައްސަލައެއް ފުލުހުން ބަލާފައެވެ. އެގޮތުން ފަސް އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާ ކުރާ ވާހަކަ، އެ ގޭގެ އަވައްޓެރިއެއް ވަނީ ޕޮލިހަށް ހުށަހަޅާފައެވެ. އެ ފިރިހެންކުއްޖާ ގައިގައި އަނިޔާގެ ފުން އެތައް ޒަޚަމްތަކެއް ހުރިއިރު، ޕޮލިހުންނާއި ވުމެންސް ފެޑެރޭޝަންގެ މެމްބަރުންގެ ކުރިމަތީގައި އެ ކުއްޖާގެ ބައްޕަ ވަނީ، ކުއްޖާއަށް އަނިޔާކުރި ކަމަށް އެއްބަސް ވެފައެވެ. ނަމަވެސް ކުރިއަށް އޮތް ތާނގައިވެސް އެކަން އެގޮތަށް ނުކުރާނެ ކަމަށް ހުވާކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް