ކުރީގެ މެޓްރޯ ކެފޭގައި ދިރިއުޅެމުން ދިޔަ ބަޔަކު ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާ ހަވާލުކޮށްފި އެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ތަނުގައި ދިރިއުޅެމުން ދިޔައީ މަސްތުވާތަކެތި ބޭނުން ކުރާ ބައެއް ކަމަށެވެ. އެމީހުންނަނީ މަސްތުވާތަތިން ސަލާމާތްވާން ބޭނުންވެފައިވާ ފަރުވާ ބޭނުންވާ ބައެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެންޑީއޭ އާއި ހަވާލުރީ އެތަނުގައި ދިރިއުޅެމުންދިޔަ ތިން މީހެކެވެ.
ޖެންޑާ އާއި ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އެ ދެ އިދަރާއިން ގުޅިގެން އިއްޔެ ހަވީރު އެތަނަށް ދިޔައީ ލިބުނު މައުލޫމަތަކާއި ގުޅިގެން ކަމަށެވެ.
އެމީހުން މިހާރު ވަނީ އެންޑީއޭގެ ހަވާލުގައި ފަރުކޮޅުފުށީގައި ހިންގާ ވަގުތީ ޑިޓޮކްސިފިކޭޝަން މަރުކަޒަށް ބަދަލު ކޮށްފައި އެވެ.
ފުލުހުން ބުނިގޮތުގައި އެ އިމާރާތް ސާފު ކުރުމުގެ މަސައްކަތް ވެމްކޯ އިން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް