ފިލްމު "ރައީސް" ގައި ޝާރުކް ހާން ކުޅެފައިވާ ރޯލަށް އަމީތާބު ބައްޗަން ތައުރީފުކޮށް މަރުހަބާ ކިޔަވައިފި އެވެ.
ޓުވިޓާ މެދުވެރިކޮށް އަމީތާބު ބުުނެފައިވަނީ ޝާރުކް "ރައީސް" ގައި ކުޅެފައިވާ ރޯލުގައި އަންނަ ރުޅި ގަނޑާއި ވަރަށް ގަޔާވި ކަމަށެވެ. އަދި ފިލްމު ވަރަށް ކަމުދިޔަ ކަމަށެވެ. ޖަވާބުގައި ޝާރުކް ވަނީ އެ ހުރިހާ ގޮތަކަށް ފިލްމު ކުޅެން ދަސްކުރީ އަމީތާބް ކައިރިން ކަމަށް ބުނެފައި އެވެ.
ޝާރުކް ހާންގެ "ރައީސް" ރިލީޒްކޮށްފައިވަނީ މިމަހުގެ 25 ގައި އެވެ."ރައިސް" ގައި ޝާރުކް ފެނިގެންދަނީ ރަލުގެ ވިޔަފާރި ކުރާ މީހެންގެ ރޯލުންނެވެ.
އަމީތާބުގެ އިތުރުން އެހެން ތަރިންވެސް ދަނީ ފިލްމު "ރައީސް" އަށް ތައުރީފު ކުރަމުންނެވެ. އަދި "ރައީސް" ރިލީޒްކޮށްފައިވަނީ ރިތިކް ރޯޝަންގެ "ކާބިލް" އާއި އެއް ދުވަހެއްގައި ކަމަށް ވިޔަސް "ރައީސް" އަށް ދަނީ ބޮޑު ފަރަގަކާއި އެކު ބޮޑު އާމްދަނީއެއް ލިބެމުންނެވެ. އެގޮތުން ދެ ދުވަސްތެރޭ އެ ފިލްމަށް 50 ކްރޯޑް ރުޕީސްއަށްވުރެ ގިނައިން ލިބިފައިވާއިރު "ކާބިލް" އަށް ލިބުނީ 29 ކްރޯޑު ރުޕީސް އެވެ.
ސިނަމާ ތައް ހިންގާ ގިނަ ފަރާތްތަކާއި ހަވާލާ ދީ އިންޑިއާ މީޑިއާގައި ބުނެފައިވަނީ އެހާ ބޮޑު ތަފާތެއް ދެ ފިލްމުގެ އާމްދަނީން ފެނިގެންދަނީ "ކާބިލް" ގެ ވާހަކަ ކަމުނުދާތީ ނޫންކަމަށާއި ދެ ފިލްމުގެ ވާހަކަވެސް ހަމަ އެއްވަރު ކަމަށެވެ.
އެކަމަކު "ރައީސް" އެހާ ހިނގަނީ ޝާރުކްގެ ސަބަބުންކަމަށެވ. އެމީހުން ބުނެފައިވަނީ އެފިލްމު ބަލަން ވަންނަ މީހުންގެ ތެރެއިން ބޮޑު ބަޔަކީ ޝާރުކް އަށް ކުރާ ތައީދުގެ ބޮޑުކަމުން ފިލްމު ބަލަންދާ މީހުން ނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް