ކެންސަރު ބަލީގައި މަރުވުމުގެ ކުރިން ބަލަން ބޭނުންވީ ނޫސް ތައްޔާރު ކުރާ ގޮތް!

ކެންސަރު ޖެހިފައިވާ އުމުރުން 18 އަހަރުގެ ޖެމީން ޗޮންގ އެންމެ ބަލަން ބޭނުންވަނީ ނޫސް އުފައްދާ އޭގައި ހަބަރުތައް ޖަހައި ޕްރިންޓު ދޭގޮތެވެ. ސިންގަޕޫރުގެ މި އަންހެން ކުއްޖާ ދެކެމުން އައި ހުވަފެން ހަގީގަތަ...

27 Jan 2017 | 02:31

ކެންސަރު ޖެހިފައިވާ އުމުރުން 18 އަހަރުގެ ޖެމީން ޗޮންގ އެންމެ ބަލަން ބޭނުންވަނީ ނޫސް އުފައްދާ އޭގައި ހަބަރުތައް ޖަހައި ޕްރިންޓު ދޭގޮތެވެ.

ސިންގަޕޫރުގެ މި އަންހެން ކުއްޖާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައި ދިނީ އޭނާ ކެންސަރު ބައްޔަށް ފަރުވާ ހޯދާ ހޮސްޕިޓަލް ކޭކޭ ވުމެންސް އެންޑް ޗިންޑްރެން ހޮސްޕިޓަލުގެ ކުޑަކުދިންގެ ކެންސަރު ފައުންޑޭޝަނަށް ޒިޔާރަތް ކުރި އެގައުމުގެ އަމިއްލަ ޖަމިއްޔާއަކުންނެވެ. މޭކް އަ ވިޝް ފައުންޑޭޝަނުން ވަނީ މިދިޔަ ނޮވެމްބަރު މަހު ޖެމީން އާއި އެކު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ކުދިންނާއި ސުވާލުކޮށް އެބަލީގައި މަރުވުުގެ ކުރިން އެންމެ ކުރަން ބޭނުންވާ ކަންކަމާއި ގުޅޭ މައުލޫމާތު ހޯދާފައި އެވެ.

އިއްޔެ އުމުރުން 18 އަހަރު ފުރުނު ޖަމީން ގޭގައި އުޅެނިކޮށް އެ ފައުންޑޭޝަންގެ ފަރާތުން ގޮސް ޖަމީންގެ ހުވަފެންތައް ހަގީގަތަކަށް ހަދައި ދިނުމަށް ސިންގަޕޫރުގެ މަޝްހޫރު ނޫހެއްކަމަށްވާ ސިންގަޕޫރު ޕްރެސް ހޯލްޑިންގެ ޕްރިންޓް ސެންޓަރަށް އޭނާ ގެންދިޔަ އެވެ. ޖެމީން އާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ އެންމެ ކުޑައިރުންސުރެ ވާން ބޭނުންވަނީ ނޫސްވެރިއަކަށެވެ.

އެހެންވެ އެނޫހުންވަނީ ޖެމީންގެ ދެކެންބޭނުންވި ހުވަފެނާއި ގުޅޭގޮތުން އޭނާ ދެއްކި ވާހަކަ އެ ނޫހުގެ އިއްޔެގެ އަދަދުގައި ބަޔާނެއްގެ ސިފައިގައި ޖަހާދީފައި އެވެ. ޖެމީން ބުނީ އޭނާ ބޭނުންވަނީ ތަރައްގީވަމުން އަންނަ ގައުުތަކަށާއި ހަނގުރާމަ ކުރަމުންދާ ގައުމުތަކަށް ގޮސް އެ ތަންތަނުގައި ހުރެގެން ނޫސްވެރިކަން ކުރަން ކަމަށެވެ.

ޖެމީންގެ ބަލިހާލަތު ހުރިގޮތުން ޕްރިންޓް ސެންޓަރަށް ގެންދިޔައީ ވީލް ޗެއާއަކަށް ލައިގެންނެވެ. އެ ނޫހުން ވަނީ ޖެމީންއަށް ހަބަރުތައް ނޫހުގައި ޖަހާގޮތާއި، ހަބަރު ލިޔާ ގޮތާއި ޕްރިންޓް ދޭގޮތާއި އެނޫންވެސް އެތަނުގައި ކުރާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދީފައި އެވެ. އަދި އޭނާގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޭކު ފަޅާފައިވެ އެވެ.

ޖެމީންގެ ލެއަށާއި ކަށްޓަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2014 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް