އުމުރުން 14 އަހަރުގެ ގަތަރުގެ މި ކުޑަ ކުއްޖާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އުފަންވި އިރު ޖެހިފައިވާ ބައްޔެއްގެ ސަބަބުން އުނގަނޑުން ތިރި ރަނގަޅަށް އުފެދިފައެއް ނުވެ އެވެ.
ނަމަވެސް ގާނިމް އަލް މުފްތާހް ނަމަކަށް ކިޔާ މި ކުއްޖާ މިވަނީ އޭނާގެ ދެ އަތުގެ އެހީގައި ތަވާފުކޮށް އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފަ އެވެ.
މުފްތާހް އުމްރާގެ އަޅުކަން އަދާކޮށްފައިވަނީ އޭނާގެ އެއްމާބަނޑު ބޭބެއާއި އެކުގަ އެވެ. އޭނާގެ އެއްމާބަނޑު ބޭބެގެ ސިއްހީ އެއްވެސް މައްސަލައެއް ވިހޭއިރު ނެތެވެ.
މުފްތާހަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ނަމަވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މުފްތާހަކީ އަބަދުވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލު ފަރާތެކެވެ. އެގޮތުން އިންސްޓަގްރާމްގައި އެކަނިވެސް މުފްތާހް ފޮލޯކުރާ މިލިއަނަކަށްވުރެ ގިނަ މީހުން ތިބެ އެވެ.
މުފްތާހް އުމްރާގެ އަޅުކަން އަދާކޮށްފައިވަނީ ސައުދީ ޕްރިންސް ސުލްތާން ބިން ސަލްމާން، މުފްތާހާއި މުފްތާހްގެ އާއިލާއަށް ދެއްވި ފުރުސަތެއްގަ އެވެ. މުފްތާހް ވަނީ އޭނާ އުމްރާގެ އަޅުކަން އަދާކުރި އިރު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް