ދާއިރާގެ ޓީޗަރުންގެ ޑިޕްލޮމާ ފީގެ 50 ޕަސެންޓް ދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު ނިންމަވައިފި

ކ.ކާށިދޫ އާއި ގާފަރު ސްކޫލުތަކުގެ ޓީޗަރުންގެ ތެރެއިން ޑިޕްލޮމާ ހަދާ ފަރާތްތަކުގެ ކޯސް ފީގެ 50 ޕަސެންޓް ހަމަޖައްސައިދެއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. ދުވަހަށް ...

27 Jan 2015 | 16:06

ކ.ކާށިދޫ އާއި ގާފަރު ސްކޫލުތަކުގެ ޓީޗަރުންގެ ތެރެއިން ޑިޕްލޮމާ ހަދާ ފަރާތްތަކުގެ ކޯސް ފީގެ 50 ޕަސެންޓް ހަމަޖައްސައިދެއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެމުން ފައިސަލް ފައުންޑޭޝަންގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ އެދާއިރާގެ މެމްބަރު މިގޮތަށް ނިންމީ މިއަހަރުގެ ނިޔަލަށް ދަށް ވެގެން ޑިޕްލޮމާ ފެންވަރަށް ތައުލީމް ހާސިލްނުކުރާ ޓީޗަރުން ވަޒީފާއިން ވަކި ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާއިރު ކާށިދޫ އަދި ގާފަރު ސްކޫލުގެ ޓީޗަރުން ޑިޕްލޮމާ ހަދާއިރު އެކަމަށް އެހީތެރި ވުމުގެ ގޮތުން ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ ފޭސްބުކް އެކައުންޓްގައި މިކަން އިއުލާނުކޮށްފައިވާއިރު ފައިސަލް އިތުރަށް ވިދާޅުވެފައިވަނީ ފަސް އަހަރުގެ ތެރޭގައި ޓީޗަރުންނަށް ރަނގަޅު ކުރިއެރުންތަކެއް ހޯދާދެއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް