ޕާޓީގެ އެއްވެސް މެމްބަރަކު ޕާޓީ ދޫކޮށް ނުދާނެ: ޖުމްހޫރީ ޕާޓީ

ވެރިކަން ކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ދެ މެމްބަރަކު ޕީޕީއެމާ ގުޅޭނެ ކަމުގެ އަޑު ފެތުރިފައިވީނަމަވެސް ޕާޓީ...

27 Jan 2015 | 15:31

ވެރިކަން ކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ދެ މެމްބަރަކު ޕީޕީއެމާ ގުޅޭނެ ކަމުގެ އަޑު ފެތުރިފައިވީނަމަވެސް ޕާޓީގެ އެއްވެސް މެމްބަރަކު އެ ޕާޓީ ދޫކޮށް ނުދާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހް ވިދާޅުވީ އެފަދަ އަޑުތައް ޕީޕީއެމުން ފަތުރަނީ ގާނޫނު އަސާސީގެ ދިފާއުގައި ޖުމްހޫރީ ޕާޓީން ފެށި މަސައްކަތާ ދޭތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ކަމަށެވެ.

ބައެއް މީޑިއާތަކުގައި ބުނެފައިވާގޮތުން ބުރާސްފަތި ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބާއްވާ ޖަލްސާގައި ޖޭޕީގެ ދެ މެމްބަރެއްގެ އިތުރުން އެމްޑީޕީގެ މެމްބަރެއް ކަމުގައިވާ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނުވެސް ޕީޕީއެމަށް ސޮއި ކުރާނެ އެވެ.

މަޖިލިސް މެންބަރުންގެ އިތުރުން  އިދިކޮޅު ބައެއް ޕާޓީތަކުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންނާއި ގިނަ އަދަދެއްގެ އާންމުން ވެސް ޕީޕީއެމް އަށް ސޮއި ކުރާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް