ވިލިމާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ވިލިމާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 5:30 ހާއިރު ވިލިމާލެ ގެއެއްގެ ތެރޭގައި ފިރިހެނަކު ވެއްޓިފ...

27 Jan 2015 | 14:38

ވިލިމާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 5:30 ހާއިރު ވިލިމާލެ ގެއެއްގެ ތެރޭގައި ފިރިހެނަކު ވެއްޓިފައި އޮތް ކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ގޮސް އެމީހާ ވިލިމާލޭ ސިއްހީ މަރުކަޒަށް ގެންދިޔައިރު އެމީހާ މަރުވެފައިވާކަމަށް ސިއްހީ މަރުކަޒުން ބުނާ ކަމަށެވެ. އަދި މަރުވެފައިވަނީ 38 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ދުވަހަށް މައުލޫމާތު ދެމުން އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެމީހަ މަރުވިކަމަށް ބެލެވެނީ ޑްރަގް އޯވާ ޑޯޒްވެގެން ކަމަށާއި އަދި ފެނުނީ ހަބަރެއް ނުވާތާ ދެދުވަސް ފަހުން ކޮޓަރި ތެރޭން ކަމަށް އެ ސަރަހައްދުގައި އުޅޭ މީހުން ބުނާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް