ތުރުކަމަނިސްތާނަށް ކަޅު ކުލައިގެ ކާރު އެތެރެކުރުން މަނާކޮށްފި

ތުރުކަމަނިސްތާނަށް ކަޅު ކުލައިގެ ކާރު އެތެރެކުރުން އެގައުމުގެ ކަސްޓަމްސް އިން މަނާކޮށްފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކަޅު ކުލައިގެ ކާރު އެތެރެކުރުން މަނާކުރި ސަބަބު ކަސްޓަމްސް އިން ހާމަކޮށްފައެ...

27 Jan 2015 | 14:18

ތުރުކަމަނިސްތާނަށް ކަޅު ކުލައިގެ ކާރު އެތެރެކުރުން އެގައުމުގެ ކަސްޓަމްސް އިން މަނާކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކަޅު ކުލައިގެ ކާރު އެތެރެކުރުން މަނާކުރި ސަބަބު ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ކަޅު ކާރުގެ ބަދަލުގައި ހުދުކުލައިގެ ކާރު އެތެރެކުރުމަށް ކަސްޓަމްސް އިން އަންނަނީ އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.

ކަސްޓަމްސްއިން އާންމުންނަށް މިގޮތަށް އަންގާފައިވާއިރު އެގައުމުގެ ރައީސް ގުރުބަންގޫލީ ބާޑިމޮހަމެޑޯ، މި ފަހަކަށް އައިސް އާންމުންގެ ތެރެއަށް ނިކުމެ އުޅެނީ މުޅިންވެސް ހުދު ކުލައިގެ ކާރުކޮޅުގަ އެވެ. އަދި ތުރުކުރައްވަނީވެސް ހުދުކުލައިގެ ހެދުން ކަމަށް ވެ އެވެ.

ތުރުކަމަނިސްތާނުން ވަނީ މި ފަހަކަށް އައިސް އެގައުމުގެ ވެރިކަންކުރާ ރަށުގެ ފްލެޓްތަކުގައި ހާމަކޮށް ފެންނަގޮތަށް އޭސީ ޔުނިޓްތައް ހަރުކުރުންވެސް މަނާކޮށްފަ އެވެ. އަދި ވެރިރަށް ޒީނަތްތެރި ކުރުމުގެ ގޮތުން ވެރިރަށުގެ ބޮޑެތި އިމާރާތްތަކުގައި "މާބަލް" ޖެހުމުގެ ވަރުގަދަ ޕްރޮޖެކްޓެއްވެސް ވަނީ ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް