ދައުލަތުގެ މުވައްޒަފުންގެ ފޯނު އެލަވަންސް ދިނުމާބެހޭ އުސޫލަށް ބަދަލު ގެނެސްފި

ދައުލަތުގެ މުވައްޒަފުންގެ ފޯނު އެލަވަންސް ދިނުމާ ބެހޭ އުސޫލަށް ބަދަލު ގެނެސް އާ އުސޫލަށް އަންނަ ފެބްރުއަރީ މަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. މިކަމާ ބެހޭގޮތ...

27 Jan 2015 | 13:56

ދައުލަތުގެ މުވައްޒަފުންގެ ފޯނު އެލަވަންސް ދިނުމާ ބެހޭ އުސޫލަށް ބަދަލު ގެނެސް އާ އުސޫލަށް އަންނަ ފެބްރުއަރީ މަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މިކަމާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ފޯން އެލަވަންސަކީ އެމީހެއްގެ ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތައް އުފުލުމުގައި އެކި ފަރާތްތަކާއި އެމީހަކު ފޯނުން ގުޅަންޖެހޭތީ ދެވޭ އެލަވަންސެއް ކަމަށެވެ.

އެހެން ކަމުން ރައްޔިތުންގެ މަޖިލީހުން މުސާރައާއި އިނާޔަތްތައް ދިނުމަށް ވަކި ގޮތަކަށް ކަނޑައަޅުއްވާފައިވާ މަގާމުތައް ( ކައުންސިލަރުންނާއި މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާފައިވާ މަގާމުތައް) ފިޔަވައި، ދައުލަތުގެ ހުރިހާ މުއަސައްސަސާތަކުންވެސް ފޯނު އެލަވަންސް ދިނުމުމުގައި އަމަލު ކުރަން ވާނީ އަލަށް އަމަލު ކުރަންފަށާ އުސޫލުން ކަމަށެވެ. އަދި އެއްވެސް ބޭފުޅަކަށް ދެ ކެޓަގަރީއަކުން ފޯނު އެލަވަންސް ހަމައެއް ނުޖެއްސެވޭނެ ކަމަށްވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް