މަނަދޫ އަންހެންވެރިންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފުލުހުން ފަށައިފި

ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އެރަށު އަންހެނުންނަށް އަމާޒްކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. ފުލުހުން ބުނީ މި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން 25 ދުވަހުގެ މުއްދަތަށް ކު...

27 Jan 2015 | 08:01

ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އެރަށު އަންހެނުންނަށް އަމާޒްކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ބުނީ މި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން 25 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާކަމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތުކުރުމުގެ މުޙިއްމުކަން އަންގައިދީ ހޭލުންތެރިކުރުމުގެ ގޮތުން މަނަދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ނ. އަތޮޅު ހޮސްޕިޓަލާއި ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރާއި ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މިޕްރޮގްރާމުގައި 20 އަހަރާއި 40 އަހަރާ ދެމެދު 60 އަންހެނުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި ކުރިއަށްގޮންގޮސް ދެނީ މަނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ފިޒިކަލް ޓްރެއިނިންގ އިންސްޓްރަކްޓަރ ކޯސް ފުރިހަމަކޮށްފައިވާ ދެ ފުލުހެއް ކަމަށާއި އަދި މި ކަސްރަތުގެ ޕްރޮގްރާމުގެ ތެރެއިން ޕްރޮގްރާމުގެ ބައިވެރިން ޤާނޫނާއި ޤަވާއިދުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ހިންގުމަށްވަނީ ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް