މުހައްމަދުތަކުރުފާނަކީ އުތީމު ފަސްގަނޑަށް އުފަން ބޭކަލެއް، އެއީ މީހަކު ނުވަތަ ބަޔަކު ދައްކާ ފުސް މޫނަކުން ނަފީ ކުރެވޭނެ ކަމެއް ނޫން: އަބްދުﷲ ރަޝީދު

ދިވެހިރާއްޖޭގެ ޤައުމީ ބަތަލު، މުހައްމަދުތަކުރުފާނަކީ ޝައްކެތްނެތް މިންވަރަށް އުތީމު ފަސްގަނޑަށް އުފަން ބޭކަލެއްކަމަށް އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ރޭ ހއ.އުތީމުގައި ބޭއްވ...

06 Sep 2024 | 09:02

ދިވެހިރާއްޖޭގެ ޤައުމީ ބަތަލު، މުހައްމަދުތަކުރުފާނަކީ ޝައްކެތްނެތް މިންވަރަށް އުތީމު ފަސްގަނޑަށް އުފަން ބޭކަލެއްކަމަށް އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ހއ.އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީެެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ، މުހައްމަދު ތަކުރުފާނަކީ އުތީމު ފަސްގަނޑަށް އުފަން ބޭކަލެއް ކަމަށް ދަލީލު ކުރާ އެތައް ހެކިތަކެއް ތާރީޙުން ފެންނަން އަބަހުރި ކަމަށެވެ.

އަދި އެއީ އިތުރަށް ބަހުސް ކުރަން ޖާގައެއް އޮތް ކަމެއް ނޫން ކަމަށް ވެސް އަބްދުﷲ ރަޝީދު ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް، މިހެން ހުރި އުތީމު މަހާރަދުންނާއި ގުޅުންހުރި ވަރަށް ގިނަ ކަންކަމުގައި، އެކަމުގެ މަސްލަހަތާއި ހަގީގަތް އޭގެ އެންމެ ފުރިހަމަ މާނައިގައި ހިފަހައްޓާ ނެގެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ބައެއް ފަރާތްތަކުން އެކަންކަމާއި މުންކިރުވަމުންދާ މަންޒަރު ފެންނަމުންދާ ކަމީ ހިތ،ި ނަމަވެސް މިއަދު ގަބޫލު ކުރަން ޖެހޭ ހަޤީޤަތެއް ކަމަށް އަބްދުﷲ ރަޝީދު ފާހަގަ ކުރެއްވިއެވެ.

އަދި އެކަމާއި މެދު ދިވެހި ފަރުދުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް އަބްދުﷲ ރަޝީދު ވަނީ ގޮވާލައްވާފައެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ، މި ޤައުމު ޤައުމެއްގެ ގޮތުގައި ބޭއްވޭނީ މި ޤައުމުގެ ފަރުދުންގެ ހިތްތަކުގައި ޤައުމީ ލޯބި ދިރިގެން ކަމަށެވެ. އަދި އެ ލޯބީގެ އެންމެ އަސާސީ، އެންމެ ޝަރުޢީ އެއް ކާނާއަކީ އެ ޤައުމުގެ ބަތަލުންގެ ޤައުމީ ޒިކުރާ އަބަދުމެ އައު ކުރެވި އާލާ ވެގެން ކަމަށް އަބްދުﷲ ރަޝީދު ފާހަގަކުރެއްވިއެވެ.

"އެ ބަތަލުންގެ މާއްދީ ތަރިކައާއި އަދި މައުނަވީ ތަރިކަ ހައްޤު މަޤާމު ދަރަޖައަށް ގެންދެވެން ޖެހޭ، އެއީ ޗޮއިސަކަށް ވެގެނެއް ނުވާނެ" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެހެން ނޫނީ ޤައުމަށްޓަކާ، ވަތަނަށްޓަކައޭ މިކިޔާ ކިޔުން ވާނީ، "ރުކަށް އެރި ސޮރު ގޮވި ނަދުރަށް " ކަމަށް އަބްދުﷲ ރަޝީދު ފާހަގަ ކުރެެއްވިއެވެ.

ރޭ އުތީމުގައި ބޭއްވި މި ޖަލްސާގައި، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އަދި ދިވެހި ތާރީހާއި ސަގާފީ ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްގެ އިތުރުން ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ބައިވެވަޑައިގެންފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް