މީޑިއާނެޓުން މުޅިން އަލަށް ތައާރަފްކުރާ އެމްޓީވީއަކީ ފަސޭހަކަމާއި އެކު މުނިފޫހިފިލުވުމުގެ ފުރުސަތު ލިބިގެންދާނެ ޚިދުމަތެކެވެ. ޒަމާނީ ފީޗަރތަކާއިއެކު އެމްޓީވީއަކީ ދިވެހި ޓީވީ ބަލާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އިންޤިލާބީ ބަދަލެކެވެ.
އެމްޓީވީގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ފަސޭހައިން ބޭނުންކުރެވޭ ރިމޯޓް ކީތަކާއި، ޗެނަލްތައް ރޭވިފައިވާ ގޮތަށް ގެނެވިފައިވާ ބަދަލު ހިމެނެއެވެ. މީގެ އިތުރުން، އިންސްޓަންޓް ސަރޗް ފީޗަރއެއް ތަޢާރަފުކޮށްފައިވާއިރު، މިއީ ޗެނަލްތަކާއި އޭގެން ދައްކާ ޕްރޮގްރާމްތަކާއި ފިލްމުތައް ވަރަށް ފަސޭހައިން ހޯދޭނެ ގޮތެކެވެ.
"ވީޑިއޯ ކްލަބް" ގެ ނަމުގައި ތަޢާރަފުކޮށްފައިވާ ޚިދުމަތުގައި، ބޮލީވުޑް އަދި ހޮލީވުޑްގެ ބްލޮކްބަސްޓަރ ފިލްމުތަކާއި، މީޑިއަރނެޓް އޮރިޖިނަލްސް، ކާޓޫނު އަދި ރިއަލިޓީ ޝޯތައް ހިމެނެއެވެ. އަދި ބަލަމުންދާ ޕްރޮގްރާމެއް މެދުކަނޑާލަން ޖެހުނު ނަމަވެސް، ފަހުން އެތަނުން ފެށިގެން ބެލޭނެ ގޮތް ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ.
ގިނަ ވަގުތު ޓީވީ ބަލާ ފަރާތްތަކަށް ޚާއްޞަކޮށްގެން "އޯޓޯ-ޕްލޭ" ފީޗަރ ތަޢާރަފުކޮށްފައިވާއިރު، މިއީ އެއް އެޕިސޯޑް ނިމުމުން އަނެއް އެޕިސޯޑް އަމިއްލައަށް ފެށޭނެ ގޮތެކެވެ. އަދި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށްޓަކައި އުމުރުފުރައަށް ބަލައި ޕްރޮގްރާމްތައް މަނާކުރެވޭނެ ގޮތް ވެސް ހަދާފައިވެއެވެ.
މީޑިއާނެޓުން ވިދާޅުވި ގޮތުގައި، "އެމްޓީވީއަކީ ހަމައެކަނި އަޕްގްރޭޑެއް ނޫން. މިއީ މުޅި ރާއްޖޭގެ ޓީވީ ދުނިޔެއަށް ގެނެވުނު އިންޤިލާބެއް. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ މުނިފޫހިފިލުވުމުގެ ތަޖުރިބާ ފޯރުކޮށްދިނުން."
އަދި މީގެ އިތުރުން، އާ ޕެކޭޖުތަކެއް ވެސް ތަޢާރަފުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މި ޕެކޭޖުތައް ފަރުމާކޮށްފައިވަނީ ތަފާތު ބާވަތްތަކުގެ ޕްރޮގްރާމްތައް ބަލާ ފަރާތްތަކަށް އަމާޒުކޮށްގެންނެވެ.
އެމްޓީވީއާއި އެކު، މީޑިއަރނެޓުން ދިވެހިރާއްޖޭގެ ޓީވީ ބެލުމުގެ ތަޖުރިބާ އާ ހަރުފަތަކަށް ގެންގޮސްދީފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް