ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގެންނެވި ބަދަލުތަކުގެ ތަފްސީލާއި މި ބަދަލުތަކާއެކު އަންނާނެ މުހިންމު ބަދަލުތައް ހާމަކުރައްވައިފިއެވެ.
މިކަންކަން ހާމަކުރައްވާފައިވަނީ ރައީސްގެ މިއަދުގެ ދެންނެވުމެއްގައެވެ.
އެ ދެންނެވުމުގައިވާގޮތުން މިނިސްޓްރީތަކުގެ ނަންތަކަށް އައި ބަދަލު:
- މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ފިނޭންސްގެ ނަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ބަދަލުކުރެއްވުން
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގެނަމަށް ބަދަލުކުރެއްވުން
މި ބަދަލުތަކާއެކު އައި ބޮޑު ދެ ބަދަލެއް
- ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ، "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" އަކީ މިއަދުން ފެށިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުން
- މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި، ރާއްޖޭގެ ބިން ބޭނުންކުރުމާ ގުޅޭ މަސައްކަތްތަކާއި، ރާއްޖޭގެ އަރބަން ސަރަހައްދުތައް ތަރައްޤީކުރުމާބެހޭ މަސައްކަތްތަކާއި، ޤައުމީ ތަރައްޤީ ރޭވުމާބެހޭ މަސައްކަތްތަކާއި، ތަފާސްހިސާބުގެ މަސައްކަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖެއްސެވުން
- ރާއްޖޭގެ ހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅުމާބެހޭ އެންމެހައި މަސައްކަތްތަކާއި، ސޯޝަލް ހައުސިންގއާބެހޭ އެންމެހައި މަސައްކަތްތައް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖެއްސެވުން
މިއަދު ގެނައި ބަދަލުތަކާއެކު ވުޒާރާތަކާއި ވަޒީރުންނަށް އައި ބަދަލު
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން – މޫސާ ޒަމީރު
- މިނިސްޓަރ އޮފް ހަޔރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް – ޑރ. އަލީ ހައިދަރު އަހްމަދު
- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ – ޑރ. މަރްޔަމް މާރިޔާ
- މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ – ޑރ. އަބްދުﷲ މުއްތަލިބް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް