އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޮހަން ސިންގް އަވަހާރަވެއްޖެއެވެ.
އުމުރުން 92 އަހަރުފުޅުގައި މަންމޮހަން އަވަހާރަވީ އިންޑިއާގެ ދިއްލީގެ އެއިމްސް ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުންގެންދަނިކޮށެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މަންމޮހަން ސިންގް ހޮސްޕިޓަލަށް ގެންދެވުނީ އިމަޖެންސީ ހާލަތެއް މެދުވެރިވެގެންނެވެ.
މަންމޮހަން ސިންގް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް