ޑްރޯން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ބޭރުގެ މަސްބޯޓެއް ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް

ޑްރޯން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއިން ބޭރުގެ މަސްބޯޓެއް ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ ރާއްޖޭގ...

26 Dec 2024 | 13:41

ޑްރޯން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއިން ބޭރުގެ މަސްބޯޓެއް ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ޤާނޫނާ ޚިލާފަށް ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް، އެމްއެންޑީއެފް އެއަރ ކޯރ  ޑްރޯން ގެ އެހީގައި  ލޮކޭޓް ކުރުމަށްފަހު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާކަމަށެވެ.

މި އަހަރުގެ ނޮވެމްބަރުމަހުގައިވެސް އެމްއެންޑީއެފްގެ އެއަރކޯއިން ހިންގި މިފަދަ އޮޕަރޭޝަނެއްގައި ބޭރު ގައުމެއްގެ ބޯޓެއް އަތުލައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް