ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހިމްނާއަށް

މި އަހަރުގެ ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތްލީޓަކަށް އާއިޝަތު ހިމްނާ ހަސަން ހޮވައިފިއެވެ. ބީއެމްއެލްގެ މި ސްކޮލާޝިޕްގެ ދަށުން ސްޕްރިންޓެކް ޓްރެކް ކްލަބް ޖެމޭކާގައި އެއް އަހަރު ދު...

26 Dec 2024 | 10:04

މި އަހަރުގެ ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތްލީޓަކަށް އާއިޝަތު ހިމްނާ ހަސަން ހޮވައިފިއެވެ.

ބީއެމްއެލްގެ މި ސްކޮލާޝިޕްގެ ދަށުން ސްޕްރިންޓެކް ޓްރެކް ކްލަބް ޖެމޭކާގައި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެތްލެޓިކްސްއިން ޓްރެއިންވުމުގެ ފުރުސަތު ހިމްނާއަށް ލިބިގެން ދާނެއެވެ.

ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރައިނިން ސެންޓަރުތަކުން ތަމްރީނު ހޯދުމަށް ފުރުސަތު ފަހިކޮށްދޭ މި ސްކޮލާޝިޕަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ފުރިހަމަ ކާމިޔާބީއަކަށް ވާސިލްވުމަށް އެހީތެރިވުމުގެ ގޮތުން ހުރިހާ ހަރަދަކާއި އެކު ރާއްޖެއިން ބޭރުގައި ޓްރެއިންވުމުގެ ފުރުސަތު ފަހިކޮށްދޭ ސްކޮލާޝިޕެކެވެ.

އެމްއޯސީ އާ ގުޅިގެން ހިންގާ މި ސްކޮލާޝިޕްއަށް އެތުލީޓުން ހޮވާފައި ވަނީ އެމްއޯސީއިން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް