މަރުވި މީހުންގެ ހަނދާނުގައި ސުކޫތު ގެނައުމަކީ ޣައިރު މުސްލިމުންގެ ބިދުޢަވީ އަމަލެއް: ޑރ އިޔާޒް

މަރުވިި މީހުންގެ ހަނދާނުގައި ސުކޫތު ގެނައުމަކީ ޣައިރުު މުސްލިމުންގެ ފަރާތުން ކޮޕީކޮށްގެން ކުރާ ބިދުޢަވީ އަމަލެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ އިޔާޒް ވިދާޅުވެއްޖެއެވެ. އިޔާޒް މިހެން ވިދާޅުވެފައި މިވަނީ ...

26 Dec 2024 | 09:18

މަރުވިި މީހުންގެ ހަނދާނުގައި ސުކޫތު ގެނައުމަކީ ޣައިރުު މުސްލިމުންގެ ފަރާތުން ކޮޕީކޮށްގެން ކުރާ ބިދުޢަވީ އަމަލެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއަށް2004 ވަނަ އަހަރުގައި ކުރިމަތިވި ސުނާމީ ކާރިސާއާއި ގުޅިގެން ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށް، އެ ހާދިސާގައި މަރުވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ސްކޫތެއް ބާއްވާފައި ވަނިކޮށެވެ.

އެ ސްކޫތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ އިތުރުން ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާއި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އޮފީސްތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ވަނީ މި ސުކޫތުގައި ބައިވެރިވެފައެެވެ

މިކަމާއި ގުޅިގެން ޑރ އިޔާޒް ވިދާޅުވީ، މިފަދަ އަމަލުތަކުގެ ޙަގީީގަތް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްްޒަށް ބުނެދިނުމަކީ އިސްލާމިކް މިނިސްޓްރީގެ ޒިންްމާއެއް ކަމަށެވެ.

އިޔާޒް ވަނީ ހައްގުބަސް ބުނުމަށް އިސްލާމިކް މިނިސްޓްރީއަށް ގިވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް