ޑރ. އަލީ ހައިދަރު ވަޒީރުކަމުގެ ހުވާ ކުރެއްވި ތިންވަނަ ފަހަރު

މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަނީ ވުޒާރާތަކަށާއި ވަޒީރުންނަށް ބައެއް ބަދަލުތައް ގެންނަވާފައެވެ. އެ ބަދަލުތަކުގެ ތެރޭގައި ބައެއް ވުޒާރާތައް އެއްކޮށްލެއްވުމާއި ބައެއް ވަޒީރުން އެއް ވުޒާރާއިން...

26 Dec 2024 | 07:49

މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަނީ ވުޒާރާތަކަށާއި ވަޒީރުންނަށް ބައެއް ބަދަލުތައް ގެންނަވާފައެވެ.

އެ ބަދަލުތަކުގެ ތެރޭގައި ބައެއް ވުޒާރާތައް އެއްކޮށްލެއްވުމާއި ބައެއް ވަޒީރުން އެއް ވުޒާރާއިން އަނެއް ވުޒާރާއިން ބަދަލުކުރެއްވުން ހިމެނެއެވެ.

މި ބަދަލުތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. އަލީ ހައިދަރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކުރުމެވެ.

މި ބަދަލާއެކު ފާހަގަކޮށްލެވޭ އަނެއް ކަމަކީ މިއަދު އާ ވުޒާރާތަކާ ހަވާލުވެ ވަޒީރުން ހުވާކުރެއްވިއިރު މިއީ ޑރ. އަލީ ހައިދަރު މި ސަރުކާރުގައި ވަޒީރުކަމުގެ ހުވާ ކުރެއްވި ތިންވަނަ ފަހަރުކަމެވެ.

އެގޮތުން އެންމެ ފުރަތަމަ ވަޒީރު ޑރ. އަލީ ހައިދަރު ވަޒީރުކަމުގެ ހުވާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ކެބިނެޓް އިއުލާނުކުރެއްވި ދުވަހުގައެވެ.

ދެވަނަ ފަހަރަށް ވަޒީރުކަމުގެ ހުވާ ކުރެއްވީ މަޖިލީހުން ރުހުން ނުދިނުމުން އަލުން ވަޒީރު ކަމަށް އައްޔަން ކުރެއްވުމުން މި އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ.

މިއަދު ޑރ. އަލީ ހައިދަރު ވަޒީރުކަމުގެ ހުވާ އެ ކުރެއްވީ މި ދައުރުގައި ތިންވަނަ ފަހަރަށެވެ. ހުވާ އެ ކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް