މިނިސްޓްރީތަކަށް ބަދަލުތަކެއް: ހައިދަރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް – މާރިޔާ އެގްރިޗަކްލްޗަރ މިނިސްޓްރީއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފިއެވެ. އެ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ބައެއް މިނިސްޓްރީތައް އެއްކޮށްލެއްވުމާއި ބައެއް މިނިސްޓަރުން އެއް މިނިސް...

26 Dec 2024 | 07:17

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފިއެވެ.

އެ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ބައެއް މިނިސްޓްރީތައް އެއްކޮށްލެއްވުމާއި ބައެއް މިނިސްޓަރުން އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ބަދަލުކުރުމެވެ.

އެގޮތުން ޕްލޭނިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އެއްކޮށްލައި އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށްވަނީ ބަދަލު ކޮށްފައެވެ. މީގެ އިތުރުން ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އެއްކޮށްލައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

މި ބަދަލުތަކާއެކު މިނިސްޓަރުންނަށް ގެނައި ބަދަލުތަކަކީ ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ޑރ. އަލީ ހައިދަރު ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ކަމަށް ބަދަލުކުރުމާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް މާރިޔާ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ކަމަށް ބަދަލުކުރުމެވެ.

މި ބަދަލުތަކާއެކު ޑރ. އަބްދުﷲ މުއްތޮލިބް ވެގެންދާނީ މިހާރު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރަށެވެ. މިނިސްޓަރު މޫސާ ޒަމީރު ވެގެންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް