މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ މިލިޔަނަށް އަރައިފި

މި ހިނގާ 2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިއަދު ދެ މިލިޔަނަށް އަރައިފިއެވެ. ދެ މިލިޔަންވަނަ ފަތުރުވެރިއަކީ އޮސްޓްރޭލިއާއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ ރާއްޖެ އައީ އޭނ...

26 Dec 2024 | 06:54

މި ހިނގާ 2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިއަދު ދެ މިލިޔަނަށް އަރައިފިއެވެ.

ދެ މިލިޔަންވަނަ ފަތުރުވެރިއަކީ އޮސްޓްރޭލިއާއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ ރާއްޖެ އައީ އޭނާގެ ފިރިމީހާއާއި ދެ ދަރިންނާއި އެކުގައެވެ.

ދެ މިލިޔަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ދެންނެވުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިއަދު އެއާޕޯޓަށް ވަޑައިގެންނެވިއެވެ. އަދި އެ ފަތުރިޔާއަށް މަރުހަބާ ކިޔުމަށް ދިވެހި ސަގާފީ ބޮޑުބެރު ހަރަކާތާއެކު ކުޑަ ރަސްމިއްޔާތެއް ކުރިއަށްގެންގޮސްފައިވެއެވެ.

ދެ މިލިޔަން ފަތުރުވެރިންގެ އަމާޒަކީ މި އަހަރު ރާއްޖެއިން ކަނޑައެޅި އަމާޒެކެވެސް މި އަމާޒަށް ވާސިލުވެފައިމިވަނީ އަހަރު ނިމެން ފަސް ދުވަހަށް ގާތްވެފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް