ފިލަންޖެހޭ ކަމެއް ކޮށްފައެއް ނޯންނާނެ: މުއާޒް

ފިލަންޖެހޭވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެކަމުގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ބުނެފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ...

26 Dec 2024 | 06:36

ފިލަންޖެހޭވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެކަމުގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ބުނެފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"މާތްކަލާއްކޯ! ފިލަންޖެހޭވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެ" މުއާޒް ވިދާޅުވެފައިވެއެވެ.

މުއާޒް އިތުރަށް ވިދާޅުވެފައިވާގޮތުގައި މިވަގުތު އޭނާ އިންޑިއާގައި ހޭދަކުރަމުންއަންނަނީ އާއިލާއާއެކު މެޑިކަލް ދަތުރެއްގައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުއާޒް އިސްތިއުފާ ދެއްވީ ހޯމަ ދުވަހުގައެވެ. އިސްތިއުފާ ދެއްވީ ފެނަކައަކީ ސަލާމަތް ކުރެވޭނެ ކުންފުންޏެއްކަމަށް ގަބޫލުނުކުރެވޭނެކަމަށް ވިދާޅުވެއެވެ.

މުއާޒް އިސްތިއުފާ ދެއްވުމުން، އެ އިސްތިއުފާ ދެއްވީ އެތައް ގިނަ ކޮރަޕްޝަންގެ އަމަލެއް ހިންގުމަށްފަހުގައި ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ އަޑު ފެތުރެމުންނެވެ. ނަމަވެސް އެ ތުހުމަތުތަކަށް މުއާޒް އިންކާރު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް