ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޕްރޮގްރާމް، "މުކައްބަ" އިފްތިތާހްކޮށްފި

ކާބޯތަކެތީގެ ރައްކާތެރިކަމާމެދު ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމަށް "މުކައްބަ" ޕްރޮގްރާމް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިފްތިތާހްކޮށްފިއެވެ. 'މުކައްބަ' އިފްތިތާހު ކ...

26 Dec 2023 | 12:38

ކާބޯތަކެތީގެ ރައްކާތެރިކަމާމެދު ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމަށް "މުކައްބަ" ޕްރޮގްރާމް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިފްތިތާހްކޮށްފިއެވެ.

'މުކައްބަ' އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ޑރ.ޢަބްދުالله ޚަލީލެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި އެމްއެފްޑީއޭގެ ކޮންސަލްޓެންޓް ސާޖިދާ މުޙައްމަދުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

"މުކައްބަ" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެފްޑީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ސަތީޝް މޫސާ ވަނީ ރާއްޖެއަށް މިފަދަ ސޯޝަލް މީޑިއާ ކެމްޕެއިންތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމު ދައުރަށްވެސް ސަތީޝްގެ ވާހަކާގައި އަލިއަޅުއްވާލާފައިވެއެވެ.

އެމްއެފްޑީއޭ އިން ބުނީ މި ކެމްޕެއިނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރުދަނާ ކުރުމަށްޓަކައި ފެށޭ މުހިންމު ދަތުރެއް ކަމަށެވެ. "މުކައްބަ" މެދުވެރިކޮށް ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެހީވުމަށް އެމްއެފްޑީއޭ އިން ވަނީ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައެވެ. އަދި ކޮންމެ ގޭބިސީއެއްގައި ވެސް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ސަގާފަތެއް އުފައްދަން މަސައްކަތް ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް