ހުޅުމާލެ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަށް ނުވަނުމަށް އާބަންކޯ އިން އިލްތިމާސްކޮށްފިއެވެ.
އާބަންކޯ އިން ބުނީ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށް ނުވިނަމަވެސް މަދުންނަމަވެސް އާންމުން އެ ސަރަހައްދަށް ވަންނަކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ. އާބަންކޯއިން ވަނީ، ޒަރޫރީ އެއްވެސް ބޭނުމެއް އަދި ހުއްދައަކާ ނުލާ އެ ސަރަހައްދަށް ނުވަނުމަށް އިލްތިމާސްކޮށްފައެވެ.
އަދި، މިދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ގިނަވެ ހުޅުމާލޭގައިވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމުން، ސިއްހީ ދާއިރާގެ ހިދުމަތްތެރިންވެސް ދަނީ ތަކުރާރުކޮށް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުންނެވެ. އެހެންކަމުން ހުޅުމާލޭގެ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަތްވެފައި މިސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އާބަންކޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް