ފައިލޭރިއާއިން ރައްކާތެރިވުމަށް މަދިރި މަދުކުރުމަށް ހުޅުމާލެ އެކި ސަރަހައްދުތަކުގައި ފޮގް ކުރަން ހަމަޖެހިފައިވާތީ، އެވަގުތު ތަކުގައި ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުކުމެ ނޫޅުމަށް އާބަންކޯ އިން އިލްތިމާސްކޮށްފިއެވެ.
ފައިލޭރިއާއިން ރައްކާތެރިވުމަށް އާބަންކޯ އިން އިސްނަގައިގެން ކުރިއަށްގެންދާ 'ފައިލޭރިއާއިން ރައްކާ' ކެމްޕެއިންގެ ދަށުން ހުޅުމާލެ 20 ޒޯނަކަށް ބަހާލައިގެން ފޮގްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އާބަންކޯއިން ބުނީ މަދިރި މަދުކުރުމަށް ހުޅުމާލެ އެކި ސަރަހައްދުތަކުގައި ފޮގް ކުރާނީ ހެނދުނު 5:00 އިން 6:00 އަށް އަދި ހަވީރު 6:00 އިން 7:00 އަށް ކަމަށެވެ.
އާބަންކޯ އިން ވަނީ ހުޅުމާލެ 12 ޒޯނަކަށް ބަހާލައިގެން ޒޯން ލީޑަރުން ކަނޑައަޅާ، މި ޒޯންތަކުގައި މަދިރި އުފެދޭ ތަންތަން ދެނެގަތުމަށް ސާވޭއެއްވެސް ފަށާފައެވެ. އަދި، ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް ރޭވިފައިވާ ކަމަށާއި، މި ބައްޔަށް އާންމުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އާބަންކޯ އިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް