ފައިލޭރިއާއިން ރައްކާތެރިވުމަށް ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އާބަންކޯއިން ފަށައިފި

ފައިލޭރިއާއިން ރައްކާތެރި ވުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިން "#ފައިލޭރިއާއިންރައްކާ" ގެ ދަށުން ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އާބަންކޯއިން މިއަދު ފަށައިފިއެވެ. ފޮގް ...

26 Dec 2023 | 11:16

ފައިލޭރިއާއިން ރައްކާތެރި ވުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިން "#ފައިލޭރިއާއިންރައްކާ" ގެ ދަށުން ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އާބަންކޯއިން މިއަދު ފަށައިފިއެވެ.

ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގައެވެ. އެގޮތުން ހުޅުމާލެ ފޮގް ކުރުމަށް ވަނީ 20 ސަރަހައްދަކަށް ބަހާލާފައެވެ. ކޮންމެ ދުވަހަކު ފަތިހު5:00 – 6:00 އަށް، އަދި  އިރު އޮއްސި 6:00 – 7:00 އަށް ފޮގް ކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން ފޮގް ކުރުން ކުރިއަށް ދާ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުން އެދެމެވެ.

ހުޅުމާލެއިން މަދިރި މަދުކުރުމަށް މީގެ ކުރިން ވެސް އާބަންކޯއިން އިސްނަގައިގެން ތަފާތުހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. މިގޮތުން އެކި ސަރަހައްދު ފޮގް ކުރުމާއި، މަދިރިއާލާވާ ފަދަ ތަންތަން ނައްތާލުމަށް މަސައްކަތް ކުރުން ހިމެނެއެވެ. މީގެއިތުރުން ފައިލޭރިޔާ ފެތުރުން ހުއްޓުވުމަށް އާބަންކޯއިން ހާއްސަ އިސްކަމެއް ދީގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ސްކްރީން ކުރުން އެޗްޕީއޭ އާ ގުޅިގެން ވަނީ މިމަހުގެ ތެރޭގައި ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް