އާލިއާ އާއި ރަންބީރު ފުރަތަމަ ފަހަރަށް އަންހެން ދަރިފުޅު ރަހާގެ މޫނު ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ އަންހެން ދަރިފުޅު، ރަހާ ކަޕޫރުގެ މޫނު ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފިއެވެ. ރަހާގެ ފޮޓޯތައް އާންމުވެފައިވަނީ ކަޕޫރު އާއިލާގެ ކްރ...

26 Dec 2023 | 10:54

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ އަންހެން ދަރިފުޅު، ރަހާ ކަޕޫރުގެ މޫނު ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފިއެވެ.

ރަހާގެ ފޮޓޯތައް އާންމުވެފައިވަނީ ކަޕޫރު އާއިލާގެ ކްރިސްމަސް ބްރަންޗްގައި ފޮޓޯގްރާފަރުންނަށް ނެގި ފޮޓޯތަކުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ފޮޓޯތަކަށް ގިނަ މީހުންގެ ތައުރީފް އަމާޒުވެފައިވާއިރު، އެންމެ ބޮޑަށް ދެކެވެނީ ރަހާގެ ލޮލުގެ ރީތިކަމުގެ ވާހަކައެވެ. އަދި ރަހާގެ ލޮލުގެ ކުލަ ވައްތަރީ އޭނާގެ މުނިކާފަ، ރާޖް ކަޕޫރުގެ ލޮލާއި ކަމަށް ގިނަ މީހުން ބުނެއެވެ.

މި ދެތަރިން ވަނީ ރަހާގެ "ޕަޕަރާޒީ ޑެބިއު" އަށް މީޑިއާއިން ދިން ހޫނު ތަހުނިޔާއަށް ޝުކުރު އަދާކޮށްފައެވެ.

މިދިޔަ މަހު އާލިއާ ވަނީ ރަހާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުކުރުމުގައި ސަމާލުވާން ނިންމި ނިންމުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެއެވެ. އާލިއާ މީގެ ކުރިން ޕަޕަރާޒީންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނީ ރުހުމަކާ ނުލައި މިއަހަރުގެ ފެބްރުއަރީ މަހު އޭނާގެ ގޭތޭރެގެ ފޯޓޮތަކެއް ނަގާ އާއްމުކުރުމުން، "އޭނާގެ ޕްރައިވެސީއަށް އަރައިގަތް" ކަމަށް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް