އެލްޖީއޭގެ ސީއީއޯގެ މަޤާމަށް ޑރ. ޒުލްފާ އައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ އައްޔަނުކުރައްވައި...

26 Dec 2023 | 06:03

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ އައްޔަނުކުރައްވައިފިއެވެ.

ޑރ. ޒުލްފާ އެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޑރ. ޒުލްފާއަކީ ކޮންސްޓިޓިއުޝަނަލް ލޯއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެ ކަމަނާ ވަނީ އާބާދީ އާއި ޕްލޭނިން އާއި ބިޒްނަސް އެޑިއުކޭޝަނާއެކު ޕީއެޗްޑީވެސް ހާސިލު ކުރައްވާފަ އެވެ. އެކަމަނާއަކީ ވަރަށް މޮޅު ލިޔުންތެރިއެކެވެ.

މާފަންނު ވައިނުޖެހޭގޭ ޑރ. ޒުލްފާ މި ފަހުން ވަނީ ވެރިކަން ކުރާ ޕާޓީ، ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް