މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ބިދޭސީއަކު މަރުވެއްޖެ

ގއ. އަތޮޅުން މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ބިދޭސީއަކު މަރުވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ދެންމެ ފުލުހުން ބުނީ ގއ. ވިލިނގިލިން މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ދެރ...

26 Dec 2023 | 03:44

ގއ. އަތޮޅުން މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ބިދޭސީއަކު މަރުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ދެންމެ ފުލުހުން ބުނީ ގއ. ވިލިނގިލިން މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން ދާންދޫ ހެލްތު ސެންޓަރަށް ގެންދިޔަކަމުގެ މައުލޫމާތެއް ރޭ 12:25 ހާއިރު ލިބުނު ކަމަށެވެ.

"ހެލްތު ސެންޓަރަށް މީހާ ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މަރުވެފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ، އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. މި ކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް