ޕްރިމިއާ ލީގު: މިރޭ ކުޅުނު މެޗުތަކުން ނިއުކާސަލް، ވުލްވްސް، ފުލަމް އަދި ބްރައިޓަން މޮލުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ނިއުކާސަލް ޔުނައިޓެޑް، ވުލްވަހެމްޕްޓަން ވެންޑަރަސް، ފުލަމް އަދި ބްރައިޓަން މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ލެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅުނު މެޗުން ނި...

26 Dec 2022 | 18:28

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ނިއުކާސަލް ޔުނައިޓެޑް، ވުލްވަހެމްޕްޓަން ވެންޑަރަސް، ފުލަމް އަދި ބްރައިޓަން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ލެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅުނު މެޗުން ނިއުކާސަލް މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެން ތިންވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނިއުކާސަލް ލީޑުނެގިއެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނިއުކާސަލް އަށް ލީޑު ނަގައިދިނީ ކްރިސްޓިއަން ވޫޑް އެވެ. ނިއުކާސަލްގެ ދެވަނަ ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިގޭލް އަލްމިރޮންއެވެ. އަދި މެޗުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޖޯލިންޓަން ކެސިއޯއެވެ.

މި މޮޅާއި އެކު ނިއުކާސަލްއިން ވަނީ އެޓީމުން ކުޅުނު 16 މެޗުން 33 ޕޮއިންޓް ހޯދައިގެން ތާވަލްގެ ދެވަނަ އަށް ޖެހިލާފައެވެ.

ވުލްވްސް އިން ރަށުން ބޭރުގައި އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެވަޓަންއިންނެވެ. އެވަޓަން އަށް ލީޑުގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ޔެރީ މިނާއެވެ. ވުލްވްސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 22 ވަނަ މިނެޓުގައި ޑެނިއެލް ޕޯޑެންސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މި މެޗުން ވުލްވްސް މޮޅުވި ލަނޑު އިތުރުވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ރަޔަން އައިޓްނޫރީއެވެ.

މި މޮޅާއި އެކު ވުލްވްސް މިވަގުތު އޮތީ ކުޅުނު 16 މެޗުން ލިބުނު 13 ޕޮއިންޓާއި އެކު ތާވަލްގެ 19 ވަނާގައެވެ.

ރަށުން ބޭރުގައި މިރޭ ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ކުޅުނު މެޗު ފުލަމް އިން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ފުލަމްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 31 ވަނަ މިނެޓުގައި ބޮބީ ރެއިޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ފުލަމްގެ ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޓިމް ރީމްއެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި އަލެސަންޑްރާ މިޓްރޮވިޗްއެވެ.

މި މޮޅާއި އެކު ފުލަމް އޮތީ ކުޅުނު 16 މެޗުން ލިބުނު 22 ޕޮއިންޓާއި އެކު ތާވަލްގެ އަށްވަނާގައެވެ

ބްރައިޓަން ރަށުން ބޭރުގައި ސަންޑަލެންޑާއި ދެކޮޅަށް މިރޭ ކުޅުނު މެޗު ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 14 ވަނަ މިނެޓުގައި އެޑަމް ލަލާނާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ބްރައިޓަންގެ ދެވަނަ ލަނޑަކީ މެޗުގެ 30 ވަނަ މިނެޓުގައި ސަންޑަލެންޑް ގެ ޕެރޫޑް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި ބްރައިޓަންގެ ތިން ވަނަ ލަނޑު 56 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސޮލީ މާޗްއެވެ. މި މެޗުގައި ސަންޑަލެންޑްގެ ހަމަ އެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖޭމްސް ވާޑް ޕްރޮސްއެވެ.

މި ނަތީޖާއާއި އެކު ލިބުނު24 ޕޮއިންޓާއި އެކު އޮތީ ތާވަލްގެ ހަތްވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް