ރައީސް ނަޝީދު ފެކްޝަނުން ހުށަހެޅި ގޮތަށް ތަރުހީބެއް ނުލިބި ޕްރައިމަރީ އިންތިހާބު ކޮމިޓީ އެކުލަވާލައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓު ދިނުމަށް ބާއްވާ ޕްރައިމަރީއަށް އެކުލަވައިލަންޖެހޭ ފަސް މެންބަރުންގެ އިންތިހާބު ކޮމިޓީ އެކުލަވާލައިފިއެވެ. މި ކޮމިޓީ...

26 Dec 2022 | 18:03

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓު ދިނުމަށް ބާއްވާ ޕްރައިމަރީއަށް އެކުލަވައިލަންޖެހޭ ފަސް މެންބަރުންގެ އިންތިހާބު ކޮމިޓީ އެކުލަވާލައިފިއެވެ.

މި ކޮމިޓީ އެކުލަވާލާފައިވަނީ ތާޖުއްދީން ސްކޫލުގައި މިރޭ ކުރިއަށްގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރައީސް ނަޝީދު ފެކްޝަނުން ހުށަހެޅީ އިންތިހާބު ކޮމިޓީއަށް ފަސް މެންބަރުން ހޮވުމުގައި ދެ ކެނޑިޑޭޓުންގެ ފަރާތުން ދެ ނަމެއް ހުށަހެޅުމަށްފަހު ދެ ކެނޑިޑޭޓަށް އެއްބަސްވެވޭ އިތުރު އެއް ނަމަކާއެކު ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށެވެ. އަލީ އާޒިމްގެ އެ ހުށަހެޅުމަށް އީވާ ތާއީދުކުރިއިރު އިންތި، ހަސަން ލަތީފް، އިލްޔާސް ލަބީބު އަދި ފާތިހު ވާހަކަފުޅު ދެއްކެވިއެވެ.

ނަމަވެސް ތަކުރާރުކޮށް ޕާޓީގެ ޗެއާޕާސަން ވިދާޅުވަމުންގެންދެވީ އޮންނަ އުސޫލުން ފަސް ނަމެއް ހުށަހެޅުމަށެވެ. ތަކުރާރުކޮށް އެކަމަށް ޗެއާ ދެންނެވުމުންވެސް ނަޝީދު ފެކްޝަނުން ހުށަހަޅަމުންދިޔައީ ދެ ނަމެކެވެ.

ދެ ފަރާތުން ވާހަކަދައްކައިގެން ހައްލު ކުރުމަށްވެސް ޗެއާގެ ފަރާތުން ދެ ފަހަރެއްގެ މަތިން ދެ ފުރުސަތެއް ދީފައިވެއެވެ. ނަމަވެސް އިތުރު ގޮތަކަށް ހުށަހަޅަން ރައީސް ނަޝީދުގެ ފެކްޝަނުން އެއްބަސް ނުވުމުން އެންމެ ފަހުން ގައުމީ މަޖިލީހުގެ ރިޔާސަތުން ނިންމެވީ ހުށަހެޅިފައިވާ ފަސް ނަމުގެ ކޮމިޓިއަށް ވޯޓަށް އެހުމަށެވެ.

އެ ފަސް ނަން ފާސްވެގެންދިޔައީ ބޮޑު އަގުލަބިއްޔަތަކުންނެވެ.

އެ ފަސް ނަމަކީ: -

އިބްރާހިމް ވަހީދު

އަނަސް އަނަސް އަބްދުއްސައްތާރު

އަކްރަމް ކަމާލުއްދީން

އަހްމަދު އަބްދުﷲ އަފީފް

މުހައްމަދު އީމާން

މި ފަސް ނަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް