މިިދިޔަ ހުކުރު ދުވަހު ބޭއްވި އުރީދޫ ފަން ރަންގައި ބައިވެރިވި ފަރާތްތަކަށް ހާއްސަކޮށް ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.
އުރީދޫ ފަން ރަން ހުޅުމާލޭގައި ބޭއްވީ މިދިޔަ ހުކުރު ދުވަހު އެވެ. މި ރަންގައި 5،000 އަށްވިރެ ގިނަ މީހުން ބައިވެރިވި އެވެ.
އުރީދޫއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ބައިވެރިވި ފަރާތްތަކުން ކުރަން ޖެހޭ ކަމަކީ އެ ދުވުމުގައި ނަގާފައިވާ ހާއްސަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރުން ކަމަށެވެ. އުރީދޫ މޯލްޑިވްސް ޓެގް ކުރުމަށް ފަހު "ފަންރަންމޯމެމްޓް" އަދި "އުރީދޫފަންރަން" ހޭޝްޓެގު ބޭނުން ކުރަން ޖެހެ އެވެ.
އުރީދޫއިން ބުނީ ގުރުއަތުން ހޮވޭ ފަރާތަކަށް އިތުރު މީހަކާއި އެކު އޯގާ އާޓް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ރިސޯޓަށް ދިއުމުގެ ހަރަދުވެސް މި ދަތުރު ލިބޭ ފަރާތަށަ ހަމަޖެހޭނެ ކަމަށް މައުލޫމާތުދެ އެވެ.
https://twitter.com/OoredooMaldives/status/1607333030137593858?s=20&t=S6QE71yS08OlS6W0vgeXSg
މި ޕްރޮމޯޝަން ކުރިޔަށް ގެންދާނީ މިމަހު 31 ގެ ނިޔަލަށެވެ.
އުރީދޫއިން ބުނީ ހުކުރު ދުވަހު ބޭއްވި ފަން ރަންގެ ދެ ވަނަ އެޑިޝަން އަންނަ އަހަރު އޮންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ދުވުން ރާއްޖޭގެ ސަރަޙައްދުތަކަށް ފުޅާކޮށް، މި މަޖާ ހަރަކާތުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނޭކަމުގެ ޔަގީންކަން އުރީދޫއިން އަރުވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް