މޫސުން ގޯސްވެ، އުތުރުގެ ހަތް އަތޮޅަށް ވައިޓް އެލާޓު ނެރެފައި

ރާއްޖޭގެ އުތުރުގެ ހަތް އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދަށެވެ. އެއީ މިރޭ8:00 ން މެންދަމު2:00 އަށެވެ. މެޓުން ލަފާ ކ...

26 Dec 2022 | 17:25

ރާއްޖޭގެ އުތުރުގެ ހަތް އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދަށެވެ. އެއީ މިރޭ8:00 ން މެންދަމު2:00 އަށެވެ.

މެޓުން ލަފާ ކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

އުތުރުގެ މޫސުން ގޯސްވެފައިވަނީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. އެ ކޮޅިގަނޑު އިއްޔެ ސްރީލަންކާއަށް އަރާފައިވާއިރު މިހާރު ދަތުރު ކުރަމުން ދަނީ އަރަބި ކަނޑާއި ދިމާއަށެވެ.

މެޓުން ބުނީ އެ ކޮޅިގަނޑުގެ އަސަރު މިރެއާއި މާދަމާ އުތުރުގެ އަތޮޅުތަކަށް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް