އަމާޒަކީ ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުން: ސްޓެލްކޯ

އަމާޒަކީ ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުން ކަމަށް ސްޓޭޓް ޓްރޭޑިން އިލެކްޓްރޯނިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯއިން މިހެން ބުނ...

26 Dec 2022 | 12:40

އަމާޒަކީ ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުން ކަމަށް ސްޓޭޓް ޓްރޭޑިން އިލެކްޓްރޯނިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނީ، މިއަދު ބޭއްވި އެ ކުންފުނީގެ 2021 ވަނަ އަހަރުގެ އާންމު ޖަލްސާގެ މުނާސަބަތުގައެވެ.

ސްޓެލްކޯއިން ބުނީ މި ޖަލްސާގައި  ވޭތުވެދިޔަ 2021 ވަނަ އަހަރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި، ކުންފުނީގެ މާލީ ހިސާބުތައް އަދި ކުންފުނީގެ ކުރިމަގާއި މެދު އަލިއަޅުވާލާފައިވާ ކަމަށެވެ.

އެގޮތުން، ދުނިޔެއަށް ދިމާވި، ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އައި އިރު، އަދި ދުނިޔެއާއި، ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި، ދިމާވި އެކި ގޮންޖެހުންތަކާއި އެކުވެސް، ކުންފުނީގެ މާލީ ހާލަތު ދެމެހެއްޓިފައިކަން ފާހަގަ ކުރެވޭ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.

ސްޓެލްކޯއިން ބުނީ ކޮވިޑްގެ ދަތި ހާލުގައި އެކި ވަރުގެ އެހީތެރިކަން ކުންފުނީގެ ފަރާތުން ސަރުކާރާއި، ރައްޔިތުންނަށް ފޯރުވައިދީފައިވާ ކަމަށެވެ.

އަދި 2023 ވަނަ އަހަރަށް ސްޓެލްކޯއިން ލަފާ ކުރާ ބަޖެޓްވެސް ވަނީ އޭޖީއެމްގައި ހުށަހަޅާފައި އެވެ. އެގޮތުން މިއީ ސާރޕްލަސް ބަޖެޓެއްކަން ފާހަގަކޮށްލެވޭ ކަމަށް ސްޓެލްކޯއިން ހާމަކޮށްފައި ވެއެވެ.

ކުންފުނީގެ މިހާރުގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށާއި، ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުން ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

ސްޓެލްކޯއިން ބުނީ ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުމާއި .

ތެލަށް ކުރާ ހޭދަ ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، އިޔާދަ ކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަޖުރިބާ ކުރުންވެސް ހިމެނޭކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުން، ކުންފުނީގެ ވިޔަފާރި ޑައިވަރސިފައިކޮށް، ސޭލްސް ސެންޓަރާއި، ސާވިސް ސެންޓަރުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، އިތުރު ވިޔަފާރިތައް އެކްސްޕްލޯކޮށް، އޭގެން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރުން ހިމެނޭކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިކްސްތް ޕަވަރ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ ގޮތުގައި 70 މެގަވޮޓްގެ ޕަވަރޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައި ކަމަށާއި، ގްރޭޓާ މާލޭ އިންޓަރކަނެކްޝަން ގްރިޑްގެ ފޭސް 2ގެ މަސައްކަތް ފަށައި، މާލެއާއި، ވިލިމާލެއާއި، ތިލަފުއްޓާއި، ގުޅީފަޅު އެއް ވިއުގައަކުން ގުޅުވާލުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެނާރޖީ މެނޭޖްމަންޓް ސިސްޓަމްއެއްގެ މަސައްކަތް ފިންލޭންޑްގެ ވާރޓްސިލާއާއި ގުޅިގެން ކުރަމުންދާ ކަމަށާއި، މި ސިސްޓަމް ގާއިމް ކުރެވުމާއި އެކު، ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ސްޓެލްކޯއިން ބުނީ 2020 ވަނަ އަހަރާއި އަޅާބަލާއިރު، ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ޑިއުރޭޝަން (SAIDI) 30 އިންސައްތަ އިމްޕްރޫވް ވެފައިވާއިރު، ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ފްރިކުއެންސީ އިންޑެކްސް (SAIFI) ވަނީ 26 އިންސައްތަ އިމްޕްރޫވްވެފައި ވާކަމަށެވެ.

ސްޓެލްކޯއިން ވަނީ މިއަދުގެ ޖަލްސާގައި ކުންފުނީގެ އެކްސްޓާރނަލް އޮޑިޓަރުގެ ގޮތުގައި، ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށްވެސް ނިންމާފައެވެ.

މިއަދުގެ އަހަރީ ޖަލްސާގައި ސްޓެލްކޯގެ މަސައްކަތްތަކުގައި ސަރުކާރުން އަދި ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އެއްބާރުލުން ފާހަގަކޮށް، މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް