ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއް ދަތުރު ކުރަމުންދާ ގޮތަށް ބަލާއިރު ރާއްޖޭގެ އުތުރުގެ ރަށްތަކަށް މިރެއާ މާދަމާ މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނީ އެ ކޮޅިގަނޑުގެ ބާރު ދަށްވެ މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭ، ލޯ ޕްރެޝާ އޭރިއާއެއްގެ ގޮތުގައި ކަމަށެވެ.
ސްރީލަންކާގެ އިރުން ދަތުރު ކުރަމުންދާ އެ ކޮޅިގަނޑު އިއްޔެ ވަނީ ލަންކާ ހުރަސްކޮށްފައި އެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މި ކޮޅިގަނޑު ރާއްޖޭގެ އުތުރުން އަރަބި ކަނޑަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން މިރެ އާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް މޫސުން ގޯސްވާނެ އެވެ. އެގޮތުން ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެހެންވެ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް