ޕްރައިމަރީއާ ގުޅޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަނީ

އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ބައެއް ކަންކަމާއި ގުޅިގެން އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ. އެމްޑީޕީން ބުނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އޮންނާނީ މިރޭ 20:30ގައި ތ...

26 Dec 2022 | 11:24

އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ބައެއް ކަންކަމާއި ގުޅިގެން އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އޮންނާނީ މިރޭ 20:30ގައި ތާޖުއްދީން ސްކޫލުގައި ކަމަށެވެ. މި ޖަލްސާގައި ޕްރައިމަރީއަށް ގައުމީ މަޖިލީހުން ނަގާ ފަސް މެންބަރުންގެ ކޮމިޓީ ނެގުން އޮންނާނެ ކަމަށް އެ ޕާޓީން ހާމަކޮށްފައި ވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މި ޕްރައިމަރީ ވެގެންދާނީ ފަހުގެ ތާރީޚެއްގައި އެމްޑީޕީގައި ބޭއްވޭ އެންމެ ވާދަވެރި ޕްރައިމަރީއަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އޮންލައިންކޮށްވެސް ފޯމު ހުށަހެޅޭ ގޮތަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު4:00 ގައި އެވެ.

އެމްޑީޕީން މީޑިއާގައި ބުނީ ވަގުތު ހަމަވިއިރު ފޯމު ހުށަހެޅި އެ ދެބޭފުޅުން ކަމަށެވެ. ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ފޯމު ހުށަހަޅުއްވައިފައެވެ. އަދި އެމްޑީޕީން ބުނީ ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ދާ ކަމަށެވެ.

ޕްރައިމަރީގައި ވާދަ ކުރަން ފޯމު ހުށަހަޅަން ޖެހެނީ 500 މީހުންގެ ސޮޔާއި އެކުއެވެ.

ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނަޝީދު ފޯމު ހުށަހެޅުއްވީ އޮންލައިންކޮށެވެ. އަދި ތާއީދު ފޯމުގެ އަދަދު ހާމައެއް ނުކުރެއެވެ.

ރައީސް ޞާލިހު ޕްރައިމަރީގައި ވާދަ ކުރައްވަން ފޯމު ހުށަހެޅުއްވީ 11،000 މީހުންގެ ތާއީދު ފޯމާއި އެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް