ޕީއެސްއެމްގެ އެމްޑީ އާއި ޑެޕިއުޓީ އެމްޑީގެ ދައުރު އިތުރު ނުކުރަން ނިންމައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމުގެ މަގާމުގެ މުއްދަތު އިތުރު ނުކުރުމަށް ސަރުކާރުން ނިންމައިފި އެވެ. އަލީ ހާލިދުގެ ...

26 Dec 2022 | 10:34

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމުގެ މަގާމުގެ މުއްދަތު އިތުރު ނުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

އަލީ ހާލިދުގެ ދައުރު މިދިޔަ ހޮނިހިރު ދުވަހު ވަނީ ހަމަވެފައި އެވެ. ޝަމީމުގެ މަގާމުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.

މިކަމާއި ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ، ޕީއެސްއެމްގެ އެމްޑީ ކަމުގެ މަގާމުގައި ހުރި އަލީ ހާލިދު އާއި ޑިއެމްޑީ ކަމުގެ ކަމާގުގައި ހުންނެވި، މުހައްމަދު ޝަމީމްގެ މަގާމު ހަމަވެފައިވާކަމަށް ޕީއެސްއެމް އަށް އަންގާފަ އެވެ. އަދި އެ ދެބޭފުޅުންގެ ދައުރު އިތުރު ނުކުރާނެ ކަމަށްވެސް ޕީސީބީ އިން ވަނީ ޕީއެސްއެމް އަށް އަންގާފަ އެވެ.

ޕީސީބީއިން މީގެ އިތުރުން ޕީއެސްއެމް އަށް ފޮނުވި ސިޓީގައި، ޕީއެސްއެމްގެ އެމްޑީ އަދި ޑީއެމްޑިީގެ މަގާމަށް ބޭފުޅުން އައްޔަން ކުރެވެންދެން ޕީއެސްއެމްގެ ހިންގުން އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިރެކްޓަރު މުހައްމަދު ސައީދު އާއި ހަވާލު ކޮށްފައިވާކަން އަންގާފަ އެވެ. އަދި މު މުއްދަތުގެ ތެރޭ  ބޯޑުގެ ބައްދަލުވުންތަކުގައި ސައީދަށް ބައިވެރިވެވޭނެ ކަމަށް ވެސް ޕީސީބީން ވަނީ ނިންމާފަ އެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މީހަކު އައްޔަން ކުރެވެންދެން ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ފިޔަވައި، ކުންފުނީގެ ސިޔާސަތާ ގުޅޭ ނުވަތަ ކުންފުނީގެ ނިސްބަތުން ބޮޑު މާލީ ނުވަތަ ވިޔަފާރިއާ ގުޅޭ އެއްވެސް ނިންމުމެއް ނުވަތަ ކަމެއް ނުކުރުމަށް ޕީސީބީ އިން ޕީއެސްއެމްއަށް އަންގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް