ތ. ގާދިއްފުށީ ފެނާއި ނަރުދަމާ މަޝްރޫޢުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ގާދިއްފުށީ ފެނުގެ ނެޓްވޯރކް މަސައްކަތްތަކުގެ 85 ޕަސެންޓް ވަނީ މިހާރު ނިމިފައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، އިދާރީ މަރުކަޒެއް އިމާރާތްކުރުމާއި، އާރް.އޯ ޕްލާންޓެއް ޤާއިމްކުރުމާއި، 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ޤާއިމުކުރުން ހިމެނޭކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އަދި ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި، 2 ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ މި މަޝްރޫޢުގައި ހިމެނޭކަމަށް އެމްޓީސީސިން ހާމަކުރެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 20.9 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް