ރޭގެ އިދިކޮޅު މުޒާހަރާއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރި މުޒާހަރާތަކުން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި އެވެ. ޔާމީންގެ މައްޗަށް ދައުލަތުނ...

26 Dec 2022 | 06:59

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރި މުޒާހަރާތަކުން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ބޭނުން ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. މި ދައުވާތަށް ސާބިތުވެ11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައި އެވެ.

މިކަމާއި ގުޅިގެން ކުރި މުޒާހަރާތަކުން ޖުމްލަ16 މީހަަކު ފުލުހުން ހައްޔަރު ކުރި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެ ހުރިހާ އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ދޫކޮށްލީ ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރު ފުލުހުންގެ އިދާރާގައި ބޭތިއްބުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

އިދިކޮޅުން ބުނީ އިއްޔެ ރައީސް ޔާމީންގެ މައްޗަށް އިއްވީ ގާނޫނު އަސާސީ އާއި ހިލާފު ހުކުމެއް ކަމަށެވެ. އަދި އެ ހުކުމް އިސްތިއުނާފު ކުރަން މިހާރު ވަނީ ނިންމާފައި އެވެ.

ޖަލަށް ހުކުމް ކުރުމާއި އެކު އެމަނިކުފާނު ރޭ އިރާކޮޅު ވަނީ މާފުށީ ޖަލަށް ގެންގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް