ހަކުރު ބައްޔަށް އިންސުލިން ނަގާ މީހުންނަށް އުއްމީދެއް!

ދިވެހި ރާއްޖޭގައިވެސް ދިރިއުޅުމަށްޓަކައި އިންސުލިން އިންޖެކްޝަނަށް ބަރޯސާވާ ހަކުރު ބަލީގެ އެތައް ޕޭޝެންޓަކު އެބަތިއްބެވެ. އެމެރިކާގެ ކެލިފޯނިއަރ ސައިންސްވެރިންގެ ޓީމަކުން މިހާރު ހަދަމުންދާ ދިރާސާތަކުނ...

26 Dec 2022 | 06:02

ދިވެހި ރާއްޖޭގައިވެސް ދިރިއުޅުމަށްޓަކައި އިންސުލިން އިންޖެކްޝަނަށް ބަރޯސާވާ ހަކުރު ބަލީގެ އެތައް ޕޭޝެންޓަކު އެބަތިއްބެވެ.

އެމެރިކާގެ ކެލިފޯނިއަރ ސައިންސްވެރިންގެ ޓީމަކުން މިހާރު ހަދަމުންދާ ދިރާސާތަކުން އިންޖެކްޝަނުގެ ބަދަލުގައި ބޭސް މެދުވެރިކޮށް އިންސުލިން ހަށިގަނޑަށް ފޮނުވޭނެ ކަމުގެ އުއްމީދު އެބައޮތެވެ. މިހެންވެއްޖެނަމަ ހަކުރު ބަލި ތަހައްމަލު ކުރަމުން އަންނަ އެތައް ބަޔަކު އަޅަމުންދާ ވޭން ކުޑަވެގެންދާނެކަމުގެ އުއްމީދު އެބައޮތެވެ.

ޑައިބަޓިކްސް ނުވަތަ ހަކުރު ބައްޔަކީ ހަށިގަނޑުގެ ލޭގައި ހަކުރު އިތުރުވުމަށް މެދުވެރިކުރުވާ ބައްޔެކެވެ. އަދި މިބަލީގެ ސަބަބުން ހަށިގަނޑުގެ ހަކަތަ ލިއްބައިދޭކާރބޯހައިޑްރޭޓްސް ހަކަތައަށް ބަދަލުކުރާ އިންސުލިންގެ މަސައްކަތް ކުރުން ހުއްޓެއެވެ.

ވަކި ވަރަކަށްވުރެ ހަކުރުގެ މާއްދާ ލޭގައި ގިނަވުމުގެ ސަބަބުން އިންސުލިންގެ މަސައްކަތްއޭގެ ޒާތުގައި ނުކުރެވުމަކީ ފުރާނައަށް ގެއްލުންވާނެ ކަމެކެވެ. އެގޮތުން ހަކުރު ތިރިކުރުމަށްޓަކައި ޑައިބެޓިކް ޕޭޝަންޓުންގެ ތެރެއިން ގިނަ ބަޔަކަށް އިންސުލިން ބޭނުންވެއެވެ.

އިންސުލިން އަކީ ފުރާނަ ސަލާމަތްކޮށްދޭ ބޭހެކެވެ. އެހެންނަމަވެސް ބޭސް ގުޅައެއްގެ ގޮތުގައި ގޮތުގައި އަނގައިން ނަގައިފި ކަމުގައި ވާނަމަ ހަށިގަނޑަށް ބޭނުންކުރެވުމުގެ ކުރިންބަނޑުގައިވާ އެސިޑްތަކަކުން ވިރުވާލައެވެ. އެހެންކަމުން ހަކުރު ބަލީގެ ސަބަބުން އިންސުލިން ހަށިގަނޑުގައި އުފައްދައި ނުދޭ ފަރާތްތަކުން އިންޖެކްޝަން މެދުވެރިކޮށް ހަށިގަނޑަށް އިންސުލިން ފޮނުވައެވެ.

އެހެންކަމުން އިންސުލިން ކަށްޓެއް ބޭނުންކޮށްގެން ފޮނުވަންޖެހެނީ ހަމުގެ ތެރެއަށެވެ. އަދި އިންސުލިން ގޭގައި ރައްކާކިށްފައި ބެހެއްޓުމާއި ގަޑިންގަޑިއަށް އިންޖެކްޝަން ޖަހަން ޖެހުމަކީ އެފަރާތްތަކުންތަހައްމަލު ކުރާ  ތަކުލީފެކެވެ.

ދަ ޖާރނަލް އޮފް ކެމިކަލް ސޮސައިޓީ ގައި ހަފްތާތަކެއް ކުރިން ޝާއިއު ކޮށްފައިވާ ލިޔުމުގައި ވާގޮތުން ކެލިފޯނިއަރގެ ސައިންސްވެރިންގެ ޓީމުން އުފައްދައިފައިވަނީ ކެމިކަލްޓެގެކެވެ. މި ޓެގަކީ އިންޖެކްޝަންގެ ބަދަލުގައި ބޭހުގެ ގޮތުގައި ނެގުމަށްފަހު އިންސުލިން ހަށިގަނޑަށް ފޯރުކޮށްދެވޭ ގޮތްވެސް އެ ޖާރނަލްގައި ސިފަކޮށްފައިވެއެވެ.

އަދި ސައިންސްވެރިންނަށް ބޭސް ގުޅައެއްގެ ގޮތުގައި މި ޓެގް ހެދުމަށް އަހަރު ތަކެއް ނަގާނެކަމުގައިވިޔަސް މިކަން ހޯދި ޔަގީންވެފައިވުމަކީ ހަކުރު ބައްޔަަށް އިންސުލިން އިންޖެކްޝަންބޭނުން ކުރާ ފަރާތްތަކުގެ ވޭނަށް ނިމުން އަންނާނެ ކަމުގެ ބޮޑު އުއްމީދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް