ކޭއާރުއެޗްގެ އޯޕީޑީ އިމާރާތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިއްޖެ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޯޕީޑީ އިމާރާތުގެ މަސައްކަތް ނިމުމަކާއި ގާތް ވެއްޖެ އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި މުޅި މަޝްރޫޢުގެ މަސައ...

26 Dec 2022 | 05:18

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޯޕީޑީ އިމާރާތުގެ މަސައްކަތް ނިމުމަކާއި ގާތް ވެއްޖެ އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.

އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި މުޅި މަޝްރޫޢުގެ މަސައްކަތުގެ 98 ޕަސެންޓް މިހާރު ވަނީ ނިމިފައި އެވެ.

ނިމިފައިވާ މަސައްކަތްތަކުގެ ތެރޭގައި ސިވިލް މަަސައްކަތާއި، އެއަރ ކޮންޑިޝަން ހަރުކުރުމާއި، ފިނިޝިންގ މަސައްކަތްތަކާއި، ފަރުނީޗަރު މަސައްކަތްތައް ހިމެނެ އެވެ.

މި މަޝްރޫޢުގެ ދަށުން، ބަލިމީހުން ބަލާ 23 ކޮޓަރި އިމާރާތްކޮށްފައިވެ އެވެ.

މި މަޝްރޫޢަކީ 20.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް