"ދިރިއުޅުމަކީ މިއީބާ"އިން މަގްބޫލުކަން ހޯދި އިބްރާހިމްބެ ނިޔާވެއްޖެ

ޔޫސުފް ރައީފު (ޔޫސޭ) ގެ "ދިރިއުޅުމަކީ މިއީބާ"އިން ދިވެހިންގެ މަގްބޫލުކަން ހޯދާފައިވާ އަބްދުﷲ އަލީ (އިބްރާހިމްބެ) ނިޔާވެއްޖެއެވެ. އިބްރާހިމްބެ ނިޔާވެފައިވަނީ ބަލިވެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ...

26 Dec 2022 | 01:26

ޔޫސުފް ރައީފު (ޔޫސޭ) ގެ "ދިރިއުޅުމަކީ މިއީބާ"އިން ދިވެހިންގެ މަގްބޫލުކަން ހޯދާފައިވާ އަބްދުﷲ އަލީ (އިބްރާހިމްބެ) ނިޔާވެއްޖެއެވެ.

އިބްރާހިމްބެ ނިޔާވެފައިވަނީ ބަލިވެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އިބްރާހިމްބެ ބަލިވެ ފަރުވާހޯދަމުންދާތާ ދުވަސްކޮޅެއް ވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"ދިރިއުޅުމަކީ މިއީބާ" ސިލްސިލާގެ ގިނަ އެޕިސޯޑްތަތަކުން އިބްރާހިމްބެ ފެނިގެންގޮސްފައިވެއެވެ. އިބްރާހިމްބެގެ ކެރެކްޓާއަކީ ދިވެހިންގެ މެދުގައި ވަރަށް މަގްބޫލު ހެއްވާ މަޖާ ކެރެކްޓާއަކަށް އޮންނަނީ ވެފައެވެ.

މީގެ އިތުރުން އިބްރާހިމްބެ ކުޅެފައިވާ އިސްތިހާރުތަކަކީވެސް ވަރަށް މަގްބޫލުކަން ހޯދާފައިވާ އިސްތިހާރުތަކެވެ. އެގޮތުން އިބްރާހިމްބެގެ "ކޫލްކުރާ ފަންކާ، އޮރިއެންޓް ފަންކާ" އިސްތިހާރު ފާހަގަކޮށްލެވެއެވެ.

"ދިރިއުޅުމަކީ މިއީބާ" ގެ ކެރެކެޓާގައި އިބްރާހިމްބެއަކީ އަބަދުވެސް ސޯޓުބުރި ލާފައި، ބޮލުގައި ކުލަ ޖައްސާފައި ހުންނަ ވަރަށް ރުޅިގަދަ މީހެއްގެ ސިފަ ދައްކުވައިދޭ ކެރެކްޓާއެކެވެ.

ނިޔާވިއިރު އިބްރާހިމްބެގެ އުމުރަކީ 57 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް