އެކައުންޓް ވެރިފަރާތަށް ނޭނގި މީހެއްގެ އެކައުންޓް އިން ވައްކަން ކުރި މައްސަލައެއްގައި ދެ މީހަކު ހޯދަނީ

ވެރިފަރާތަށް ނޭނގި މީހެއްގެ އެކައުންޓްއިން އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރި މައްސަލައެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ. ފުލުހުންގެ ވެބްސައިޓްގައި ވައްކަން ކުރި ދެމީހުންގެ ވީ...

26 Dec 2021 | 18:34

ވެރިފަރާތަށް ނޭނގި މީހެއްގެ އެކައުންޓްއިން އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރި މައްސަލައެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވައްކަން ކުރި ދެމީހުންގެ ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވެފައި ވަނީ އެއީ އެކައުންޓް ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ ދެމީހުން ކަމުގައެވެ.

ފުލުހުންގެ އިކޮނޮމިކް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، މިހާތަނަށް ކުރި މަސައްކަތުން އެ ދެ މީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

އެހެންކަމުން، ފުލުހުން ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މި މައްސަލައާއި ގުޅިގެން ހޯދަމުންދާ މި 2 މީހުންނާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދި ލައްވާފައެވެ. .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް