ގާޒީ ފާއިޒްގެ އޯޑިއޯ ދިމާނުވާތީ ސަސްޕެންޝަން އުވާލައިފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ފާއިޒު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ފާއިޒު ސަސްޕެންޑު ކުރީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ގާޒީ ފާއިޒު ސަސްޕެންޑު ކުރީ ...

26 Dec 2021 | 17:39

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ފާއިޒު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ފާއިޒު ސަސްޕެންޑު ކުރީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ގާޒީ ފާއިޒު ސަސްޕެންޑު ކުރީ ލީކުވި އޯޑިއޯތަކުގެ މައްސަލައިގަ ގާޒީ ފާއިޒުގެ އަޑު ދިމާވާ ކަމަށް ނިންމުމަށް ފަހު އެވެ.

އެ އޯޑިއޯ އަކީ ތިން ގާޒީއަކު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން ޖަލަށް ކުރި ހުކުމާއި ގުޅޭގޮތުން ވާހަކަ ދެއްކެވި އޯޑިއޯ އެކެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އާންމުވި އޯޑިއޯތައް މެލޭޝިއާގެ މަލްޓި މީޑިއާ ޑިޖިޓަލް ފޮރެންސިކް ޑިޕާޓްމެންޓަށް ފޮނުވައިގެން ތަހުލީލު ކުރުމުން އެ އޯޑިއޯގެ އަޑާއި ގާޒީ ފާއިޒްގެ އަޑު ދިމާނުވާ ކަމަށް އެތަނުގެ ތަހުލީލު ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ގާޒީ ފާއިޒްގެ ސަސްޕެންޝަން އުވާލަން ނިންމީ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް