ހިޔާ ފްލެޓުވެރިންގެ އަޑު އައްސަވާ، އިތުރު ތިން މަހަށް ކުލި ނުނަގާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލު ކުރުމުގެ ގޮތުން ފްލެޓްތައް ނިންމުމަށްޓަކައި ކުލި ނުނަގައި އިތުރު ތިން މަސް ދުވަސް ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާކަމަށެވެ.
ސަރުކާރުން މިގޮތަށް ނިންމެވުމުން އަންނައަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިތުރު ތިން މަސް ގްރޭސް ޕީރިއަޑްގެ ގޮތުގައި ލިބވޭނެ އެވެ.
ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތްތައް ނިންމުމަށް އެޗްޑީސީން މީގެކުރިން ވެސް ވަނީ ހަތަރު މަހަށް އިތުރު ކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް