މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަން ހިންގަން 15 މިލިއަނަށް ވުރެ ގިނަ އިން ހަރަދު ކޮށްފި

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާ އަށް އިންސާފު ހޯދައި ދިނުމަށްޓަކައި އުފައްދާފައިވާ މަރު ކޮމިޝަނާއި ބޮޑެތި ހިޔާނާތުގެ ފައިސާ ހޯދުމަށްޓަކައި އެކުލަވާލާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނަށް 15 މި...

26 Dec 2021 | 13:56

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާ އަށް އިންސާފު ހޯދައި ދިނުމަށްޓަކައި އުފައްދާފައިވާ މަރު ކޮމިޝަނާއި ބޮޑެތި ހިޔާނާތުގެ ފައިސާ ހޯދުމަށްޓަކައި އެކުލަވާލާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނަށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަަރަދުވެފައިވާ ކަން ހާމަ ވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން އެ ދެ ކޮމިޝަން ހިންގުމަށް މިހާތަނަށް ހަރަދުވީ މިންވަރު ހޯދުމަށް ހުށަހެޅުމުން ރައީސް އޮފީހުން ވަނީ އެ ދެ ކޮމިޝަން އުފެއްދި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ހިނގި ހަރަދުތަކުގެ ތަފްސީލު ހިއްސާ ކޮށްފަ އެވެ.

އެގޮތުން، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މަރު ކޮމިޝަންގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި 4.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އިތުރު ހަރަދުތަކާއެކު ޖުމުލަ 5.4 މިލިއަން ރުފިޔާ އެ ކޮމިޝަނަށް ހަރަދު ކުރި ކަމަށް އެ ލިޔުމުގައި ވެ އެވެ.

އަދި މިދިޔަ ހަތަރު އަހަރު ދުވަހު ހިޔާނާތުގެ ފައިސާ ހޯދަން އުފެއްދި ކޮމިޝަންގެ މެންބަރުންގެ މުސާރަ އަށް 9.1 މިލިއަން ރުފިޔާ އާއި އެކު މުޅި ޖުމްލަ 9.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް